ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމާއި މަހުގެ ވިޔަފާރިކުރުމަށް ވަގުތީގޮތުން ބިން ކުއްޔަށް ދޫކުރުން.

މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ވަގުތީ ގޮތުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައި ފާހަގަކޮށްފައިވާ ސަރަޙައްދުން 2 ބިން ވަގުތީ ގޮތުން 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައިފީމެވެ.

ވީމާ، މި އިޢުލާނާއި އެއްކަރުދާސްކޮށްފައިވާ ޗާޓްގައި ފާހަގަ ކޮށްފައިވާ 1600 އަކަފޫޓުގެ 2 ބިން ކުއްޔަށްހިފަން ޝަޢުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ބީލަން ހުށަހަޅުއްވާނީ މި އިދާރާއިން ދޫކުރާ ފޯމުގައެވެ. ބީލަން ހުށަހަޅުއްވާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 80/- (އަށްޑިހަލާރި) ލާރިއެވެ. ބިން ކުއްޔަށް ދެވޭނީ، ހުށަހެޅޭ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރުން

  • 4 އޮކްޓޯބަރ 2022 އިން 11 އޮކްޓޯބަރ 2022 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވާންވާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ބީލަމުގައި ބައިވެރިވުމަށް -/50ރ (ފަންސާސް ރުފިޔާ) ގެ ނޮން-ރިފަންޑެބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންވާނެއެވެ. ރަޖިސްޓްރޭޝަން އަށް ދައްކާ ފައިސާއަކީ، އަބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވުމަށް އެދޭ ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގައި މި އިދާރާގެ 001 700364 7714 (Revenue 1) އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށް ފަހު، ފައިސާ ޖަމާކުރި ސްލިޕް ވައިބަރ ކުރައްވާނީ 9197563 ނަންބަރަށެވެ.
  • ރަޖިސްޓަރީ ވާ ކޮންމެ ފަރާތަކަށްވެސް ބީލަމުގެ މަޢުލޫމާތު ކަރުދާސް ބީލަން ރަޖިސްޓަރީކުރުމަށް އެދޭ ފޯމުގައިވާ މެއިލް އެޑްރެސްއަށް މެއިލުން ފޮނުވޭނެއެވެ.
  • އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ފޯނު ނަންބަރ 6500019 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:45 ގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާގައި.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

  • 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހއ. ދިއްދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ، ރަޖިސްޓަރީކުރިނަމަވެސް، ރަޖިސްޓަރޭޝަން ފައިސާ ނުދައްކާ ފަރާތްތަކާއި، ގަޑި ޖެހިގެން ބިޑް/ ޕްރޮޕޯސަލް ހުށަހަޅަން ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެއެވެ.

ވިމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 އޮކްޓޫބަރު 2022
ހޯދާ