ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޖެނެރަލް މެނޭޖަރ (މެއިންޓެނެންސް އެންޑް އިންޖިނިއަރިންގ)

އިޢުލާން

ނަންބަރު: WAMCO-HR/IUL/2022/087

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޖެނެރަލް މެނޭޖަރ (މެއިންޓެނެންސް އެންޑް އިންޖިނިއަރިންގ)

ޑިޕާޓްމަންޓް

މެއިންޓަނެންސް އެންޑް އިންޖިނިއަރިންގ ޑިޕާޓްމަންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


ޖެނެރަލް މެނޭޖަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/33,000 އާއި -/35,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ތަން

ކ. މާލެ

ބޭނުންވާ އަދަދު

01

ޝަރުޠު

 1. އޮޓޯ މޮބައިލްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނުގަނޑުލެވެލް 9 (މާސްޓަރސް ޑިގްރީ) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 05  އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
 2. އޮޓޯ މޮބައިލްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7/8 (ޑިގްރީ) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 10  އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
 3.  އޮޓޯ މޮބައިލްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގގެ ދާއިރާއިން ހިންގިފައިވާ އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.
 4. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
 5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
 6. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 1. ކޯޕަރޭޝަނުގައި ބޭނުންކުރާ އުޅަނދުތަކަށް ބޭނުންވާ މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް ވަކި ތާވަލެއްގެ ދަށުން ކުރުމާއި ކޯޕަރޭޝަންގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ބޭނުންވާ މެޝިންތަކާއި އާލާތްތަކާއި ވަސީލަތްތައް ބެލެހެއްޓުން،
 2. ކޯޕަރޭޝަނަށް ބޭނުންވާ ވޯކްޝޮޕްތަކާއި އިމާރާތްތަކާއި އަދި އެހެނިހެން ވަސީލަތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމާއި ކޯޕަރޭޝަންގެ ސްޕެއަރ އިންވެންޓްރީ ބެލެހެއްޓުން،
 3. މެއިންޓަނަންސާއި ގުޅުންހުރި ސިޔާސަތުތައް އެކުލަވައިލުމާއި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ވަސީލަތްތަކާއި ބޭނުންކުރާ އާލާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުން
 4. ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދާއި މެޝިންތަކާއި އެހެނިހެން އާލާތްތަކާއި ވަސީލަތްތައް އިންސްޕެކްޓް ކުރުމާއި އަދި ބޭނުންކުރެވޭ ފަދަ ރަނގަޅު ހާލަތެއްގައި ހުރިތޯ ޔަގީންކުރުމާއި ލޮގް ބެލެހެއްޓުން
 5. ކޯޕަރޭޝަން ހިންގުމުގައި ބޭނުންވާ ޕްލޭންތައް ތައްޔާރުކުރުމާއި އެ ޕްލޭންތައް ތަރައްޤީ ކުރުމާއި ތަންފީޒުކުރުމުގައި ޚަރަދުކުޑަ ލުއިފަސޭހަ އުސޫލުތަކެއްގެ ބިނާކުރުމާއި އަދި ހިންގުން ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން
 6. މުވައްޒަފުންނަށް މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ އިރުޝާދު ދިނުމާއި އަދި މުވައްޒަފުން ތަމްރީން ކުރުމާއި ކޯޕަރޭޝަންގެ ސިޔާސަތުތަކާއި އިޖުރާތުތައް ބުނެދިނުން
 7. މެއިންޓަނަންސްގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޑިޕާޓްމަންޓްތަކުގެ އިސްބޭފުޅުންނާއި މަޝްވަރާކުރުމާއި، މެޝިންތަކާއި އެހެނިހެން ވަސީލަތްތައް ގިނަ ދުވަހަށް މަސައްކަތްކުރުމަށް/ ބެހެއްޓުމަށް/ ގެންގުޅުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން
 8. މެއިންޓަނަންސަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓް ހޭދަވާގޮތް މޮނިޓަރކުރުން
 9. ވެއަރ ހައުސްގައި ބޭނުންކުރާ ތަކެތި ކަނޑައެޅިފައިވާ ވަކި ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި އަދި ވެއަރ ހައުސްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ގޮތަކަށް ކަންތައްތައް ރޭވުން
 10. ކޯޕަރޭޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ބޭނުންވާ މަސައްކަތު މާހައުލު ޤާއިމުކުރުމަށް މަސައްކަތް ކުރުމާއި ކޯޕަރޭޝަންގެ ލަނޑުދަނޑިތަކާއި އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
 • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
 • އިންޓަރވިއާއި އިމްތިޙާން

ހުށަހަޅަންޖެހޭ ތަކެތި:

 

 1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
 2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
 3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
 4. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2022 އޮކްޓޯބަރު 10 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2022 އޮކްޓޯބަރު މަސްތެރޭގައި ކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.

08 ރަބީޢުލް ޢައްވަލް 1444

04 އޮކްޓޯބަރު 2022

 

04 އޮކްޓޫބަރު 2022
ހޯދާ