ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޖެނެރަލް މެނޭޖަރ (ޕްރޮކިއޯމަންޓް އެންޑް ލޮޖިސްޓިކްސް)

އިޢުލާން

ނަންބަރު: WAMCO-HR/IUL/2022/086

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޖެނެރަލް މެނޭޖަރ (ޕްރޮކިއޯމަންޓް އެންޑް ލޮޖިސްޓިކްސް)

ޑިޕާޓްމަންޓް

ޕްރޮކިއޯމަންޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


ޖެނެރަލް މެނޭޖަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/33,000 އާއި -/35,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ތަން

ކ. މާލެ

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ބިޒްނަސް މެނޭޖްމަންޓް، ބިޒަނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގްރީ) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 05 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. ބިޒްނަސް މެނޭޖްމަންޓް، ބިޒަނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7/8 (ޑިގްރީ) ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 10  އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  3. މާލިއްޔަތު ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  4. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  6. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިކޯޕަރޭޝަންއިން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމައްޓަކައި ބޭނުންވާ އެންމެހާ ތަކެތި ރާއްޖެއިން އަދި ރާއްޖެއިން ބޭރުން ހޯދަންޖެހޭ މިފަދަ ހުރިހާތަކެތި ލިބެންހުރި ތަނަކުން އެކަށީގެންވާއަގުތަކުގައި ހޯދުމާއިބެހޭ ހަރުދަނާ ނިޒާމެއް ކުންފުނީގައި ޤާއިމްކޮށް އެގޮތުގެ މަތިން ޢަމަލު ކުރުން.
  2. ކުންފުނީގެ ފަރާތުން ހިންގަންޖެހޭ ބޮޑެތި މަޝްރޫޢު ތަކާއި، އެފަދަ އެހެނިހެން ކަންތައްތައް ބީލަމުގެ އުޞޫލުން ކުރުމާބެހޭ ހަރުދަނާ އުޞޫލްތަކެއް ކަނޑައެޅުމާއި، އެއުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން ކުރަންޖެހޭ ހުރިހާމަސައްކަތެއް ރާވާހިންގުން.
  3. ކުންފުންޏަށް ހޯދޭ މުދަލުގެ ކޮލިޓީ ޗެކުކުރުމާއި، އެތަކެތި ވިއްކޭނެއަގު ކަނޑައެޅުމާއި، މުދާ އިންޝުއަރެންސްކޮށް ބެލެހެއްޓުމާބެހޭ ހަރުދަނާ އުޞޫލްތަކެއް ޤާއިމްކޮށް ހިންގުން.

4.  ކުންފުނީގެ ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ފަރާތުން ބީލަންއުޞޫލުން ކުރަންޖެހޭ މަސައްކަތްތައް ދިރާސާކޮށް އެމަސައްކަތެއް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުން

5.  ހިންގުމުގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެމަތިން ޑިޕާޓްމަންޓުގެ ދާއިރާގެ ހުރިހާކަމެއް ހިންގައި ބެލެހެއްޓުމާއި، ޑިޕާޓްމަންޓުގެ މުވައްޒަފުން އެކިކަންކަމުގައި މުޢާމަލާތު ކުރާގޮތާއި، މަސައްކަތުގެ އަޚްލާޤް ކުންފުނީގެ ޤަވާއިދުތަކާއި އުޞޫލްތަކާއި އަދި ތަޞައްވުރާއި އެއްގޮތްވާ ގޮތުގެމަތިން ހިންގުމާއި، ހަމަޖެހިފައިވާ އުޞޫލްތަކާއި ޚިލާފަށް ހިނގާ ކަންކަން އިޞްލާޙުކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއާއި އިމްތިޙާން

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2022 އޮކްޓޯބަރު 10 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2022 އޮކްޓޯބަރު މަސްތެރޭގައި ކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.

08 ރަބީޢުލް ޢައްވަލް 1444

04 އޮކްޓޮބަރ 2022

 

04 އޮކްޓޫބަރު 2022
ހޯދާ