ދިވެހިރާއްޖެ
(IUL)38-CA/38/2022/292 :ނަންބަރު
އިޢުލާން
ށ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން
ވޯޓުފޮށި ބަހައްޓާ ތަން ބަދަލުވުމާ ގުޅޭ
2022 އޮކްޓޫބަރު 01 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ށ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށި ބަހައްޓާތަން ބަދަލު ކުރެވިފައިވާތީ، މި ވޯޓު ފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓު ފޮށި ބަހައްޓާތަން ތިރީގައި މިދަންނަވަނީއެވެ.
|
# |
ކޯޑު |
ވޯޓުފޮށީގެ ނަންބަރު |
ވޯޓުފޮށީގެ ނަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
|
1 |
1 |
T0.1 |
ބައި-އިލެކްޝަން، އަތޮޅު-މާލެ-1 |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ށ.މާއުނގޫދޫ، ރ.ރަސްމާދޫ، ތ.ގުރައިދޫ އަދި ލ.ދަނބިދޫ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރައްޔިތުންނެވެ. |
ޢިމާދުއްދީން ސްކޫލް |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
