| މަޤާމު  | އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:  | އޮފިސަރ ގްރޭޑް 1 (ޖީ.އެސް 3) | 
| ބޭނުންވާ އަދަދު: | 01   | 
| މުސާރަ: | -/4،465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ | 
| ސަރވިސް އެލަވަންސް: | -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ | 
| އެޓަރނީ ޖެނެރަލްސް އޮފީސް އެލަވަންސް |  އަސާސީ މުސާރައިގެ %35 | 
| މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އެ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: | އެޓަރނީ ޖެނެރަލްގެ އޮފީސް، ކްލެމެންސީ ބޯޑު، މާލެ | 
| މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:         | 
މަޢާފްދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ އިލްތިމާސްތައް ދިރާސާކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ބޯޑުގެ މެންބަރުންނަށް ދިނުން.އިލްތިމާސް ދިރާސާކުރުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތުތައް ދަޢުލަތުގެ ތަފާތު މުޢައްސަސާތަކުން ހޯދުން.ބޯޑުގެ މަސައްކަތާ ގުޅިގެން އިންޓަވިއު ކޮށްގެން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުން.ކޮމިޓީ މީޓިންގއަށާއި ބޯޑު މީޓިންއަށް ތައްޔާރުވުމަށް ކޮމިޓީ މެންބަރުންނަށް އެހީތެރިވެދިނުން.މީގެ އިތުރުންވެސް ކޮމިޓީ މެންބަރުންނަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުގެ އޮފީސްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.ކްލެމެންސީ ބޯޑުގެ މެންބަރުންގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.އޮފީސް ޑިއުޓީނެގުމާއި އޮފީސް ހުޅުވައި ލެއްޕުން.މީގެ އިތުރުންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން. | 
| މަޤާމުގެ ޝަރުޠުތައް:     | 
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން | މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު - ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގޭ ފަރާތަކަށްވުން - މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން | 
| އިންޓަވިއު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އަދި ތަން: | 2014 ވަނަ އަހަރުގެ ނޮވެންބަރުު މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. | 
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 06 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 15:00 ގެ ކުރިން މި އޮފީހަށް އަންނަނިވި ލިޔެކިޔުންތަކާއެކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ވެބްސައިޓް www.agoffice.gov.mvއިންނާއި، މި އޮފީހުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެވެ. 
ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ ނުވަތަ ރެޒުމޭ؛އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ؛ސްކޫލް ލީވިންގ ސެޓުފިކެޓުގެ ފޮޓޯ ކޮޕީ؛ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ؛ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން އެނގޭނެ އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް؛ އަދިސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު". މި ފޯމު ހުށަނާޅައިފިނަމަ ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. |