ދިވެހިރާއްޖެ
އިޢުލާން
ފަތުރުވެރިކަން ތަރައްޤީކުރުމަށް މާލެއަތޮޅު (ކ) ކާށިދޫގެ ފަޅުތެރެއިން ފާހަގަކޮށްފައިވާ ސަރަހައްދުގެ ބެތިމެޓްރީ ސަރވޭ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)88-PS/88/2022/73) (8 ސެޕްޓެންބަރު 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގުތަކަކީ މިނިސްޓްރީން އަންދާޒާކޮށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު އަގުތަކަކަށްވާތީ މި އިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް އިޢުލާން ކުރަމެވެ. މި މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތަކީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރެވޭ ދުވަހުން ފެށިގެން 20 ދުވަހެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިއަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
ބީލަން ހުށަހެޅުން/ހުޅުވުން |
06 އޮކްޓޫބަރު 2022 (ބުރާސްފަތި) |
10:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
މި އިޢުލާނާއި ގުޅިގެން ޕްރީ-ބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ.
އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 03 އޮކްޓޫބަރު 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން 3022288 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.