ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން - ފީނދިފަންނުމަގާއި، ކާރުނޭޝަން މަގާއި ގުޅުނު ކަންމަތިން ފާހަގަކޮށްފައިވާ ބިމުގައި ހުރި ނަންބަރުޖަހާފައިވާ ރުއްގަސްތައް

ފުވައްމުލަކުގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ފީނދިފަންނުމަގާއި، ކާރުނޭޝަން މަގާއި ގުޅުނު ކަންމަތިން ފާހަގަކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގައި މިކައުންސިލްގެ ފަރާތުންވަނީ 01 ން 242 އަށް ނަންބަރު ޖަހާފައެވެ.

ވީމާ، މިދެންނެވި ރުއްގަހުގެ ވެރިފަރާތުން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަސްކަން، ނުވަތަ ކަމާއި ބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްގަސްކަން އެގޭނެ ލިޔުމާއިއެކު  2022 އޮކްޓޯބަރު 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލްގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަނަށް (ކުރީގެ ރަށުއޮފީސް) ހުށަހެޅުއްވުން އެދެމެވެ.

26 ސެޕްޓެންބަރު 2022
ހޯދާ