ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލީގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ގދ. މަޑަވެލީގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިބީލަމުގައި ބައިވެރިވާން ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 28 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކުރައްވާ، ބިޑްގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ އިތުރު އެއްވެސް މަޢޫލޫމާތެއް ނުވަތަ ސުވާލެއް ކުރައްވާނީ މަތީގައި ދެންނެވިފައިވާ ވަގުތުގެ ކުރިން މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކުރައްވައިގެން ނުވަތަ ކައުންސިލުގެ ނަންބަރ 6840006 އާއި ގުޅުއްވައިގެންނެވެ.

އަދި، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 6 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. އެވަގުތަށް ކައުންސިލަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ގަޑިޖެހުމުގެ ކުރިން މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް އަންދާސީ ހިސާބު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. މިމަސައްކަތް ކުރުމަށް ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25 ސެޕްޓެންބަރު 2022
ހޯދާ