ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީ ސަރަހައްދު އަދި ޒުވާނުންގެ ހިޔަލުގައި ބެހެއްޓިފައިވާ ދަގަނޑު ބްލޮކްތަކާއި ގުޅޭ

އިއުލާނު

 

ބަނދަރުމަތީ ސަރަހައްދު އަދި ޒުވާނުންގެ ހިޔަލުގައި ބެހެއްޓިފައިވާ ދަގަނޑު ބްލޮކްތަކާއި ގުޅޭ

            ލ.މާވަށު ބަނދަރުމަތީ ހުޅަނގުއުތުރު ސަރަހައްދު އަދި ޒުވާނުންގެ ހިޔަލުގައި ޕްރީފެބްރިކޭޓެޑް ދަގަނޑު އެޗްބްލޮކް އަދި އޭންގަލް ބްލޮކްތަކެއް ވަރައްގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓިފައިވާކަން ފާހަގަކުރެވެއެވެ. މިތަކެތި ނުނަގާ ގިނަދުވަސްތަކެއްވެ އެތަކެތީގެ ސަބަބުން އެސަރަހައްދު ސާފުކުރާ ފަރާތްތަކަށާއި އަދި އެތަން ބޭނުންކުރާ ފަރާތްތަކަށް ގިނަ އުނދަގޫތަކެއްވާ ކަންވެސް ފާހަގަކޮއްލަމެވެ.

           ވީމާ، މިއަދުންފެށިގެން 60 ދުވަހުތެރޭގައި، އެތަކެތީގެ ވެރިފަރާތުން އެތަކެތި ނެންގެވުމަށް ދަންނަވަމެވެ. އަދި މިދެންނެވުނު މުއްދަތުގެ ތެރޭގައި އެތަކަކެތި ނުގައިފިނަމަ މި ދެންނެވުނު ދަގަނޑު ބްލޮކްތަށް މި ކައުންސިލުގެ ބެލުމުގެ ދަށަށް ގެނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ.

           ވީމާ މިކަން އާއްމުކޮށް އަންގާ އިއުލާނު ކުރީމެވެ.

25 ސެޕްޓެންބަރު 2022
ހޯދާ