ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ނެޓްވޯރކް އިންޖިނިއަރ، ނެޓްވޯރކް ސުޕަވައިޒަރ, އިންޖިނިއަރ (ސިސްޓަމް އެނަލީސްޓް), އެސިސްޓެންޓް އިންޖިނިއަރ (ޔޫއައި / ޔޫ އެކްސް ޑިޒައިނަރ), އެސިސްޓެންޓް އިންޖިނިއަރ (ފުލް-ސްޓެކް ޑިވެލޮޕަރ), އެސިސްޓެންޓް އިންޖިނިއަރ (ޑިވެލޮޕަރ), އިންޖިނިއަރ (ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ), އިންޖިނިއަރ (ޑޭޓާބޭސް އެޑްމިނިސްޓްރޭޓަރ), އެސިސްޓެންޓް އިންޖިނިއަރ (ސިސްޓަމް ސަޕޯޓް)

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓް

މަޤާމް:

އެސިސްޓެންޓް ނެޓްވޯރކް އިންޖިނިއަރ

ބޭނުންވާ ޢަދަދު:

1

މުސާރަ:

-/10،500ރ އާއި -/20،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު (ޑިގްރީ ޙާޞިލްކުރި ފަހުން 02 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ދާއިރާތަކުން ޕްރޮފެޝަނަލް ސެޓިފިކޭޝަން ނުވަތަ ތަޖްރިބާ ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
    • ސީ.ސީ.އެން.އޭ / ސީ.ސީ.އެން.ޕީ / ޑެލް ނެޓްވޯރކިންގ / އެޗް.ޕީ.އީ ނެޓްވޯރކިންގ / ވީއެމްވެއަރ ނެޓްވޯކިންގ
    • ސޯފޯސް / ޗެކްޕޮއިންޓް / ފޯޓިނެޓް
    • ނެޓްވޯކް ފައިބާ ސްޕްލައިސްކުރުމާއި ނެޓްވޯކް ފައިބާ އެޅުމާއި ގުޅުންހުރި މަސައްކަތްތައް

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތައް ފަރުމާކުރުން.
  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތައް ކޮންފިގަރކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތަކުގެ ފަރުމާއާއި ކޮންފިގަރޭޝަންތަކަށް ގެނެވޭ ބަދަލުތައް ޑޮކިއުމަންޓްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުން.
  • ކުންފުނީގެ ޕީއޭބީއެކްސް ސިސްޓަމްތައް ކޮންފިގަރކޮށް ބެލެހެއްޓުން.
  • ކުނފުނީގެ ލީސްޑް ލައިން ނެޓްވޯކްތައް ބެލަހެއްޓުން.
  • ކުންފުނީގެ އިންޓަނެޓް ކަނެކްޝަންތައް ކޮންފިގަރކޮށް ބެލެހެއްޓުން.
  • ނެޓްވޯކް އެޅުމާ ބެހޭ މަސައްކަތްތައް.

މަޤާމް:

ނެޓްވޯރކް ސުޕަވައިޒަރ

ބޭނުންވާ ޢަދަދު:

1

މުސާރަ:

-/9020ރ އާއި -/15،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ޑިޕްލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު (ސެޓްފިކެޓް ޙާޞިލްކުރި ފަހުން02 އަހަރު ދުވަހުގެ ތަޖުރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ދާއިރާތަކުން ޕްރޮފެޝަނަލް ސެޓިފިކޭޝަން ނުވަތަ ތަޖްރިބާ ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
    • ސީ.ސީ.އެން.އޭ / ސީ.ސީ.އެން.ޕީ / ޑެލް ނެޓްވޯރކިންގ / އެޗް.ޕީ.އީ ނެޓްވޯރކިންގ / ވީއެމްވެއަރ ނެޓްވޯކިންގ
    • ސޯފޯސް / ޗެކްޕޮއިންޓް / ފޯޓިނެޓް
    • ނެޓްވޯކް ފައިބާ ސްޕްލައިސްކުރުމާއި ނެޓްވޯކް ފައިބާ އެޅުމާއި ގުޅުންހުރި މަސައްކަތްތައް

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތައް ކޮންފިގަރކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތަކުގެ ފަރުމާއާއި ކޮންފިގަރޭޝަންތަކަށް ގެނެވޭ ބަދަލުތައް ޑޮކިއުމަންޓްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ ކޮމްޕިއުޓަރ ނެޓްވޯކްތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުން.
  • ކުންފުނީގެ ޕީއޭބީއެކްސް ސިސްޓަމްތައް ކޮންފިގަރކޮށް ބެލެހެއްޓުން.
  • ކުނފުނީގެ ލީސްޑް ލައިން ނެޓްވޯކްތައް ބަލަހައްޓުން.
  • ކުންފުނީގެ އިންޓަނެޓް ކަނެކްޝަންތައް ކޮންފިގަރކޮށް ބެލެހެއްޓުން.
  • ނެޓްވޯކް އެޅުމާ ބެހޭ އެންމެހާ މަސައްކަތްތައް.

މަޤާމް:

އިންޖިނިއަރ (ސިސްޓަމް އެނަލީސްޓް)

ބޭނުންވާ ޢަދަދު:

1

މުސާރަ:  

-/11،500ރ އާއި -/23،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން މާސްޓަރ ޙާޞިލްކޮށްފައިވުމާއި އެކު (ޑިގްރީ ޙާޞިލްކުރި ފަހުން ތަޖްރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު (ޑިގްރީ ޙާޞިލްކުރި ފަހުން 04 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ސްކިލްސް ހުރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
    • ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ ދާއިރާ އާއި ގުޅުން ހުރި ތައުލީމާއި ތަޖުރިބާ.
    • ޔުޓިލިޓީ ދާއިރާ އާއި ގުޅުން ހުރި ތައުލީމާއި ތަޖުރިބާ.
    • ވިޔަފާރީގެ ދާއިރާ އާއި ގުޅުން ހުރި ތައުލީމާއި ތަޖުރިބާ.
    • ޕްރޮޖެކްޓް މެނޭޖްމަންޓާއި ގުޅުން ހުރި ތައުލީމާއި ތަޖުރިބާ،
    • އަމިއްލައަށް އިސްނަގައިގެން ކަންތައްތައް ހައްލުކުރުމުގެ ހުނަރު.
    • އަމިއްލައަށް ދިރާސާކުރުމުގެ ހުނަރު،
    • ފަރިތަކަމާއިއެކު މުއާމަލާތުކުރުމުގެ ހުނަރު.
    • ޓީމެއްގައި ގުޅިގެން ރަނގަޅަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.
    • ކްރިޓިކަލް ތިންކިންގ.
    • ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ގާބިލްކަން.
    • ޑޭޓާ މޮޑެލްކުރުމާއި ވިޜުއަލައިޒްކުރުމުގެ ތައުލީމާއި ތަޖްރިބާ.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޕްރޮޖެކްޓް ސްކޯޕް، ސިސްޓަމް ގޯލްސް، އަދި ރިކުއަރމަންޓްތައް ޤާއިމުކުރުމަށް އިންޓަރނަލް އަދި އެކްސްޓަރނަލް ސްޓޭކް ހޯލްޑަރުންނާ ބައްދަލުކޮށް ވިލަރެސްކުރުން.
  • ޓެކްނިކަލް ސްޕެސިފިކޭޝަންތައް، ފަސޭހައިން ދޭހަވާ ގޮތަށް، ނޮން ޓެކްނިކަލް ރިކުއަރމަންޓްސް އަށް ތަރުޖަމާ ކުރުން.
  • ޑިވެލޮޕަރުންނާއި ޓެސްޓަރުންނަށް ބޭނުންވާ ސްޕެސިފިކޭޝަން، ޑޭޓާ މެޕިންގ، ޑައިގްރާމް، އަދި ފްލޯޗާރޓް ތައް ތައްޔާރުކޮށް، އެނަލައިޒްކޮށް، އޯގަނައިޒްކުރުން.
  • ކުންފުނީގެ ކޮލިޓީ އެޝުއަރެންސް ޕްލޭން އާއި އެއްގޮތަށް ޓެސްޓް ކޭސްތައް ތައްޔާރުކޮށް ޓެސްޓިންގ ޕްރޮސީޖަރތައް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުމާއި، ވިލަރެސްކުރުން.
  • ސިސްޓަމް މެއިންޓެނަންސް ޕްރޮސީޖަރތައް އެކުލަވާލައި، ތަންފީޒުކުރުމާއި، ސިސްޓަމްތަކުގެ ހާލަތު މޮނިޓަރކުރުމާއި، ސިސްޓަމްތަކުގެ ސްޓެޓިސްޓިކްސް ބެލެހެއްޓުމާއި، ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ދިރާސާކޮށް ހައްލުކުރުން.

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ (ޔޫއައި / ޔޫ އެކްސް ޑިޒައިނަރ)

ބޭނުންވާ ޢަދަދު:

1

މުސާރަ:  

-/10،500ރ އާއި -/20،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު (ޑިގްރީ ޙާޞިލްކުރި ފަހުން 02 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ދާއިރާތަކުން ޕްރޮފެޝަނަލް ސެޓިފިކޭޝަން ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
    • ޔޫ.އައި / ޔޫ.އެކްސް ޑިޒައިން (UI / UX Design)
    • ސްކެޗް (Sketch)
    • ފިގްމާ (Figma)
    • އެޑޯބީ ކްރިއޭޓިވް ސުއިޓް (Adobe Creative Suite)
    • ވިޒިއޯ (Visio)
    • އެޗް.ޓީ.އެމް.އެލް (HTML)
    • ސީ.އެސް.އެސް / އެސް.ސީ.އެސް.އެސް / އެސްއޭއެސްއެސް (CSS / SCSS / SASS)
    • އައިއޯއެސް (iOS)
    • އެންޑްރޮއިޑް (Android)
  • އަދި ތިރީގައިވާ ސްކިލްސްހުރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
    • ފަރިތަކަމާ އެކު މުއާމަލާތު ކުރުމުގެ ހުނަރު.
    • ޓީމެއްގައި ގުޅިގެން ރަނގަޅަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.
    • ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ގާބިލްކަން.

ދާއިރާގެ މައިގަޑު މަސައްކަތް:

  •  ޑެސްކްޓޮޕް އަދި ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ޔޫސާ އިންޓަފޭސްތައް ފަރުމާކޮށް ތައްޔާރުކުރުން.
  • ވަޔަރފްރޭމް، ވިޝުއަލް އަދި ގްރެފިކް ޑިޒައިން، ފްލޯ ޑައިގްރާމް، ސްޓޯރީބޯޑް، ސައިޓް މެޕް، އަދި ޕްރޮޓޯޓައިޕް މެދުވެރިކޮށް ފެންވަރު ރަނގަޅު ޔޫއެކްސް ޑިޒައިން ސޮލިއުޝަންސް ތައްޔާރުކުރުން.
  • ޔޫ.އައި އެލިމަންޓްތައް ފަރުމާކޮށް، ތައްޔާރުކޮށް، ޓެސްޓްކުރުން.

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ (ފުލް-ސްޓެކް ޑިވެލޮޕަރ)

ބޭނުންވާ ޢަދަދު:

1

މުސާރަ:  

-/10،500ރ އާއި -/20،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު (ޑިގްރީ ޙާޞިލްކުރި ފަހުން 02 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ޕްރޮގްރާމިންގ ލެންގުއޭޖް އަދި ފްރޭމްވޯރކްސް ތަކަށް އަހުލުވެރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
    • އޭއެސްޕީ.ނެޓް
    • #C
    • ވީޔޫ.ޖޭއެސް
    • ރިއެކްޓް
    • ޖާވާ
    • ސްވިފްޓް
  • އަދި ތިރީގައިވާ ސްކިލްސްހުރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
    • ފަރިތަކަމާއި އެކު މުއާމަލާތު ކުރުމުގެ ހުނަރު.
    • ޓީމެއްގައި ގުޅިގެން ރަނގަޅަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.
    • ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ގާބިލްކަން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ވެބް އެޕްލިކޭޝަންތަކުގެ ފްރަންޓް އެންޑް ޑިވެލޮޕްކުރުން.
  • ވެބް އެޕްލިކޭޝަންތަކުގެ ޔޫޒަރ އިންޓަރެކްޝަންތައް ފަރުމާކުރުން.
  • ވެބް އެޕްލިކޭޝަންތަކުގެ ބެކް އެންޑް ޑިވެލޮޕްކުރުން.
  • ވެބް އޭޕީއައި އެޕްލިކޭޝަން ޑިވެލޮޕްކުރުން.
  • މޯބައިލް އެޕްލިކޭޝަން ޑިވެލޮޕްކުރުން.
  • ޑެސްކްޓޮޕް އެޕްލިކޭޝަން ޑިވެލޮޕްކުރުން.
  • އެޕްލިކޭޝަންތަކަށް ބޭނުންވާ ޑޭޓާބޭސް ފަރުމާކޮށް ޑިވެލޮޕްކުރުން.
  • ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ސާވާ ސިސްޓަމްތައް ސެޓަޕްކޮށް ބެލެހެއްޓުން.
  • އެޕްލިކޭޝަންތަކުގެ އޮތެންޓިކޭޝަން އަދި އެކްސެސް ކޮންޓްރޯލްއަށް ބޭނުންވާ ސިސްޓަމްތައް ފަރުމާކޮށް ޑިވެލޮޕްކުރުން ނުވަތަ ތާޑް ޕާޓީ ސިސްޓަމްތަކާއި އިންޓަގްރޭޓްކުރުން.

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ (ޑިވެލޮޕަރ)

ބޭނުންވާ ޢަދަދު:

1

މުސާރަ:  

-/10،500ރ އާއި -/20،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު (ޑިގްރީ ޙާޞިލްކުރި ފަހުން 02 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ޕްރޮގްރާމިންގ ލެންގުއޭޖް އަދި ފްރޭމްވޯރކްސް ތަކަށް އަހުލުވެރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
    • އޭއެސްޕީ ޑޮޓް ނެޓް (ASP.Net)
    • ސީ ޝާޕް (C#)
    • ވިއު ޖޭއެސް (VueJS)
    • ރިއެކްޓް (React)
    • ޖާވާ (Java)
    • ކޮޓްލިން (Kotlin)
    • ސްވިފްޓް (Swift)
  • އަދި ތިރީގައިވާ ސްކިލްސްހުރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
    • ފަރިތަކަމާއި އެކު މުއާމަލާތު ކުރުމުގެ ހުނަރު.
    • ޓީމެއްގައި ގުޅިގެން ރަނގަޅަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.
    • ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ގާބިލްކަން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ވެބް އެޕްލިކޭޝަންތަކުގެ ފްރަންޓް އެންޑް ޑިވެލޮޕްކުރުން.
  • ވެބް އެޕްލިކޭޝަންތަކުގެ ޔޫޒަރ އިންޓަރެކްޝަންތައް ފަރުމާކުރުން.
  • މޯބައިލް އެޕްލިކޭޝަން ޑިވެލޮޕްކުރުން.
  • ޑެސްކްޓޮޕް އެޕްލިކޭޝަން ޑިވެލޮޕްކުރުން.
  • ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ސާވާ ސިސްޓަމްތައް ސެޓަޕްކޮށް ބެލެހެއްޓުން.
  • އެޕްލިކޭޝަންތަކުގެ އޮތެންޓިކޭޝަން އަދި އެކްސެސް ކޮންޓްރޯލްއަށް ބޭނުންވާ ސިސްޓަމްތައް ފަރުމާކޮށް ޑިވެލޮޕްކުރުން ނުވަތަ ތާޑް ޕާޓީ ސިސްޓަމްތަކާއި އިންޓަގްރޭޓްކުރުން.

މަޤާމް:

އިންޖިނިއަރ (ސިސްޓަމްސް އެޑްމިނިސްޓްރޭޓަރ)

ބޭނުންވާ ޢަދަދު:

1

މުސާރަ:  

 -/11،500ރ އާއި -/23،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން މާސްޓަރ ޙާޞިލްކޮށްފައިވުމާއި އެކު (ޑިގްރީ ޙާޞިލްކުރި ފަހުން ތަޖްރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު (ޑިގްރީ ޙާޞިލްކުރި ފަހުން 04 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ތިރީގައިވާ ދާއިރާތަކުން ޕްރޮފެޝަނަލް ސެޓިފިކޭޝަން ނުވަތަ ތަޖުރިބާ ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
    • މައިކްރޯސޮފްޓް ވިންޑޯރސް ސާވާ (Microsoft Windows Server)
    • އުބުންޓޫ ސާވާ (Ubuntu Server)
    • ވީއެމްވެއާ (VMware)
    • ވީމް (VEEAM)

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ އައިޓީ ޚިދުމަތްތައް ކުރިއަރުވާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ސާވާ، ވާޗުއަލައިޒޭޝަން އަދި ކްލައުޑް ވަޞީލަތްތައް ދެނެގަތުން.
  • ކުންފުނީގެ ސާވާތަކާއި ވާޗުއަލައިޒޭޝަން ކޮންފިގަރ ކޮށް، ބަލަހައްޓާ، އައިޓީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން.
  • ސަރވަރ ކޮމްޕޯނަންޓްތަކާއި ސޮފްޓްވެއަރތައް އިންސްޓޯލްކޮށް އަޕްގްރޭޑްކޮށް، ވަރޗުއަލް ސަރވަރތައް މެނޭޖްކޮށް، އޮޓޮމޭޝަން ޕްރޮސެސްތައް އިންޓަގްރޭޓްކުރުން.
  • ކުންފުނީގެ އައި.ޓީ ސިސްޓަމްސްތަކަށް ބޭނުންވާ ސެކިއުރިޓީ ޓޫލްތަކާއި، ޕޮލިސީތަކާއި، ޕްރޮސީޖަރތައް ފާހަގަކޮށް އިމްޕްލިމެންޓް ކުރުން.
  • ކުންފުނީގެ ސާވާތަކާއި ވާޗުއަލައިޒޭޝަންގެ ޚިދުމަތްތަކާއިބެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ގަވާއިދުން ބެކަޕް އޮޕަރޭޝަންތައް ހިންގުމާއި، ޑޭޓާ ރައްކާތެރިކުރުމާއި، ޑިޒާސްޓަރ ރިކަވަރީ އަދި  ފެއިލްއޯވަރ ޕްރޮސީޖަރތައް ތައްޔާރުކޮށް، ބަލަހައްޓާ، ތަންފީޒުކުރުން.
  • އެކްޓިވް ޑައިރެކްޓްރީ ކޮންފިގަރކޮށް ބެލެހެއްޓުން.

މަޤާމް:

އިންޖިނިއަރ (ޑޭޓާބޭސް އެޑްމިނިސްޓްރޭޓަރ)

ބޭނުންވާ ޢަދަދު:

1

މުސާރަ:  

-/11،500ރ އާއި -/23،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން މާސްޓަރ ޙާޞިލްކޮށްފައިވުމާއި އެކު (ޑިގްރީ ޙާޞިލްކުރި ފަހުން ތަޖްރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު (ޑިގްރީ ޙާޞިލްކުރި ފަހުން 04 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ތިރީގައިވާ ދާއިރާތަކުން ޕްރޮފެޝަނަލް ސެޓިފިކޭޝަން ނުވަތަ ތަޖުރިބާ ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
    • މައިކްރޯސޮފްޓް ވިންޑޯރސް ސާވާ (Microsoft Windows Server)
    • އުބުންޓޫ ސާވާ (Ubuntu Server)
    • މައިކްރޮސޮފްޓް އެސްކިއުއެލް ސާވާ (Microsoft SQL Server)
    • ޕޯސްޓްގްރެއެސްކިއުއެލް ސާވާ (PostgreSQL Server)
    • މައިއެސްކިއުއެލް ސާވާ / މާރިއާ ޑީބީ (MySQL /)

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ ޑޭޓާބޭސް ސިސްޓަމްތަކުގެ ޕަރފޯމަންސް ބެލެހެއްޓުމާއި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ތަންފީޒުކުރުން.
  • ކުންފުނީގެ ޑޭޓާ ސްޓޯރޭޖް ސްޓޭންޑަޑްތަކާއި އެއްގޮތަށް ޑޭޓާބޭސް ސިސްޓަމްތައް ފަރުމާކުރުމުގައި ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޓީމަށް އެހީތެރިވުން.
  • ޑޭޓާބޭސް ކްއެރީތަކާއި ޕްރޮސީޖާތައް ޑިބަގްކޮށް އޮޕްޓިމައިޒްކުރުން.
  • ޑޭޓާބޭސް ސިސްޓަމްތަކާއި އަދި ޑޭޓާބޭސް ސިސްޓަމްތަކާއި ގުޅިފައިވާ ސިސްޓަމްތައް ގަވާއިދުން ބަލަހައްޓާ، ޕާފޯމަންސް އޮޕްޓިމައިޒްކުރުން.
  • ޑޭޓާބޭސް އެޑްމިނިސްޓްރޭޓަރުންނަށް ބޭނުންވާ އިރުޝާދާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން
  • ޑޭޓާ ރައްކާކުރުމާއި، ބެކްއަޕް ކުރުމާއި، އާކައިވް ކުރުމުގައި ބެސްޓް ޕްރެކްޓިސްތަކަށް އައިޓީ ސްޓާފުން އަހުލުވެރިކޮށް ތަންފީޒުކުރުން.
  • ޑޭޓާބޭސް ޑިޒައިން، ކޮންފިގުރޭޝަން، އަދި ޕާފޯމަންސާ ގުޅޭ ޕްރޮސެސްތައް ޑޮކިއުމަންޓްކުރުން
  • ޑޭޓާބޭސް އިންޖިނިއަރިންގ ގައި އަންނަ ކުރިއެރުންތަކާއި ބެސްޓް ޕްރެކްޓިސްތަކުގެ މަޢުލޫމާތު ބެލެހެއްޓުން.

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ (ސިސްޓަމް ސަޕޯޓް)

ބޭނުންވާ ޢަދަދު:

1

މުސާރަ:  

-/10،500ރ އާއި -/20،000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު (ޑިގްރީ ޙާޞިލްކުރި ފަހުން 02 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ތިރީގައިވާ ދާއިރާތަކުން ޕްރޮޕެޝަނަލް ސެޓިފިކޭޝަން ނުވަތަ ތަޖުރިބާ ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
    • މައިކްރޯސޮފްޓް ވިންޑޯރސް ސާވާ (Microsoft Windows Server)
    • އުބުންޓޫ ސާވާ (Ubuntu Server)
    • ވީއެމްވެއާ (VMware)
    • ވީމް (VEEAM)

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ ސާވާތަކާއި ވާޗުއަލައިޒޭޝަން ކޮންފިގަރ ކޮށް، ބަލަހައްޓާ، އައިޓީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން.
  • ސަރވަރ ކޮމްޕޯނަންޓްތަކާއި ސޮފްޓްވެއަރތައް އިންސްޓޯލްކޮށް އަޕްގްރޭޑްކޮށް، ވަރޗުއަލް ސަރވަރތައް މެނޭޖްކޮށް، އޮޓޮމޭޝަން ޕްރޮސެސްތައް އިންޓަގްރޭޓްކުރުން.
  • ކުންފުނީގެ ސާވާތަކާއި ވާޗުއަލައިޒޭޝަންގެ ޚިދުމަތްތަކާއިބެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ގަވާއިދުން ބެކަޕް އޮޕަރޭޝަންތައް ހިންގުމާއި، ޑޭޓާ ރައްކާތެރިކުރުމާއި، ޑިޒާސްޓަރ ރިކަވަރީ އަދި  ފެއިލްއޯވަރ ޕްރޮސީޖަރތައް ތައްޔާރުކޮށް، ބަލަހައްޓާ، ތަންފީޒުކުރުން.
  • އެކްޓިވް ޑައިރެކްޓްރީ ސިސްޓަމްތައް ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

29 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 29 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިމަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

              22 ޞަފަރު    1444

              19 ސެޕްޓެންބަރު 2022

19 ސެޕްޓެންބަރު 2022
ހޯދާ