މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގެ ކިޔޫ.އެމް.އެސް - ކޮންޓްރެކްޓް މަސައްކަތު

 

މަގާމު

މަސައްކަތު

ބޭނުންވާ ޢަދަދު

05 (ފަހެއް)

މުސާރަ

މަހަކު 4,865.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,000.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

މާލެ،/ އެމް.އެން.ޑީ.އެފް ކްއޯޓަރ މާސްޓަރ ސަރވިސް

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު

އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

އެމް.އެން.ޑީ.އެފްގެ ސަރަހައްދުތަކުގައިވާ އެންމެހާ ޢިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތު ކުރުމާއި، އެމް.އެން.ޑީ.އެފްގެ ފިރިހެން ސިފައިން ދިރިއުޅޭ ފެންޑާއާއި ފާޚާނާތައް ސާފުކުރުމުގެ އިތުރުން ޖަންކްޝަންތައް ސާފުކޮށް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2022 ސެޕްޓެންބަރު 29 ވާ ބުރާސްފަތި ދުވަހު 14.00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. ވަޒީފާއަށްއެދި ފޮނުއްވާ ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

21 ސެޕްޓެންބަރު 2022
ހޯދާ