މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ޕޮލިސީ އިމްޕްލިމެންޓޭޝަން (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، މާކެޓިންގ (އޮފިސަރ، SO1)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، ޕޮލިސީ އިމްޕްލިމެންޓޭޝަން (އޮފިސަރ، SO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕްލޭނިންގ އެންޑް ޑެވެލޮޕްމަންޓް ޑިޕާޓްމަންޓް / ޕްލޭނިންގ ޑިވިޜަން / ޕޮލިސީ އިމްޕްލިމެންޓޭޝަންސެކްޝަން

އަސާސީ މުސާރަ:

މަހަކު -/7,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އަލަށް ތަޢާރުފުކުރާ ޓެކްސް ޤާނޫނުތަކާއި ޓެކްސް ޤާނޫނުތަކަށް ގެނެވޭ އިސްލާހުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވިލަރެސްކުރުމާއި އަލަށް އެކުލަވާލާ ގަވާއިދާއި ރޫލިންގތަކުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ތަންފީޒުކުރެވޭ މިންވަރު މޮނިޓަރކުރުން

ޝަރުޠު:

- ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން؛ ނުވަތަ،

- ބިޒްނަސް އާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނިންމާފައިވުމާއެކު 3 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން.

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، މާކެޓިންގ (އޮފިސަރ، SO1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް / މާކެޓިންގ ޑިވިޜަން /  މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/7,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/3,100 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާ އާއި އެކިއެކި ޓެކްސްތައް ޕްރޮމޯޓްކުރުމަށް ރޯޑްޝޯވ، އެޑިއުކޭޝަނަލް ފެއަރ ފަދަ އެވެއަރނަސް ކެމްޕެއިންތައް ރާވައި ހިންގުމާއި، މީޑިއާ މެދުވެރިކޮށް އާންމުންނާއި ޓެކްސް ދައްކާ ފަރާތްތައް ޓެކްސްތަކަށް އަހުލުވެރިކުރުމަށް މީޑިއާ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ސޯޝަލް މީޑިއާތައް މެދުވެރިކޮށް މައުލޫމާތު ފޯރުވައިދީ މޮނީޓަރކުރުމާއި، ޓެކްސް ދައްކާ ފަރާތްތައް ޓެކުހަށް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ސަރވޭ ކުރުމާއި އަދި އޮތޯރިޓީގެ އިމޭޖް ޤާއިމްކޮށް ހިފެހެއްޓުމަށް ޕަބްލިކް ރިލޭޝަންސް ހަރަކާތްތައް ރާވައި ހިންގުމާއި، މީރާ އާއި އެކިއެކި ޓެކްސްތައް ޕްރޮމޯޓްކުރުމަށް މައުލޫމާތު ފޯރުވައިދިނުމަށް ބޭނުންވާ ގްރެފިކްސް، ވީޑިއޯ، އޯޑިއޯ، ފްލަޔަރ، ޕޯސްޓަރ އަދި ބެނަރ ފަދަ މެޓީރިއަލް ޑިޒައިންކުރުމާއި ތައްޔާރު ކުރުން.

ޝަރުޠު:

- މާކެޓިންގ އާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

-  އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.

-  މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-  މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 04 އޮކްޓޫބަރު 2022 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

20 ސެޕްޓެންބަރު 2022
ހޯދާ