ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅު ގޯތިތަކާއި މީހުން ދިރިނުއުޅޭ ގެތައް ސާފުކުރުމާ ބެހޭ

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވިފައިވަނީ ގޯތި ޙަވާލުކުރެވޭ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ޢިމާރާތްކޮށް ދިރިއުޅުން ފެށުމަށްޓަކައިއެވެ. އަދި މިފަދަ ގޯތި ދޫކުރެވިފައިވަނީ ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ބިމާއިބެހޭ ޤާނޫނު ނަންބަރު 01/2002ގެ ދަށުން ހެދިފައިވާ ޤަވާޢިދުގެ ދަށުންނެވެ. ނަމަވެސް ގއ. ވިލިނގިލިން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން މިހާތަނަށް ދިރިއުޅެން ނުފަށާހުރި ގޯތިތަކާއި، ދިރިނުއުޅެ ދޫކޮށްލެވިފައިވާ ފަޅުގެތަކުގެ ސަބަބުން އިޖްތިމާޢީ ބޮޑެތި މައްސަލަތަކާއި ސިއްޙީ މައްސަލަތައް ދިމާވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ދިމާވަނީ ގޯތިތަކުގެ ވެރިފަރާތުން ގޯތިތައް ސާފުނުކުރުމުގެ ސަބަބުންނެވެ.  އެހެންކަމުން ސާފުތާހިރު ވެއްޓެއް ޤާއިމުކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅޭ ބަޔަކަށްވުމަށްޓަކައި މިދެންނެވި ގޮތްގޮތަށްހުރި ހުރިހާ ގޯތިތައް ސާފުކޮށް ދެއްވުންއެދި ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 ސެޕްޓެންބަރު 2022
ހޯދާ