ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރިންގ ޓެކްނީޝަން

މަޤާމް :އެސިސްޓެންޓް އިންޖިނިއަރިންގ ޓެކްނީޝަން
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                                   

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރިންގ ޓެކްނީޝަން

އަސާސީ މުސާރަ

-/5,400 ރުފިޔާ

އެލަވަންސްތައް:

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 8

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ބްރޯޑްކާސްޓް ޓެކްނޮލޮޖީ

މަޤާމުގެ ބާވަތް:

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އޯ އޭ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ލައިވް/ ރިކޯރޑިންގ އަށް ބޭނުންވާ  ވީ-މިކްސް ސެޓަޕް ހެދުން.
  • ވިޑިއޯ ވޯލް ރާވައި ކަނެކްޝަން ހަދައި އޮޕަރޭޓްކުރުން.
  • ލައިވް ޔޫ ސެޓަޕް ހެދުމާއި ސިގްނަލް ޗެކުކުރުން.
  • ލައިވް /ރިކޯޑިންގ ފައިބަރ ކަނެކްޝަން ސެޓަޕް ހަދައި ލިންކގެ ސިގްނަލް ލޮކޭޝަނުން ސްޓޭޝަނަށް ފޮނުވޭތޯ ބެލުން
  • ސްޓޭޝަނުން ޓްރާންސްމިޓްކުރާ ހުރިހާ މީޑިއަމްއެއްގެ އޯފް އެއަރ މޮނިޓަރކުރުން.
  • އެއްވެސް ޓެކްނިކަލް ފެސިލިޓީއެއްގައި އިކުއިޕްމަންޓެއްގައި މައްސަލައެއް ,ކަރަންޓް މައްސަލައެއް، އެއަރކޮންޑިޝަން މައްސަލައެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެކަން ޝިފްޓު ސުޕަވައިޒަރަށް އަންގާ، ސުޕަވައިޒަރުގެ ލަފައާއިއެކު މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުން.
  • ޓަވަރަށް އަރައިގެން ކުރަންޖެހޭ މަސައްކަތްތައްކުރުން (މިސާލަކަށް މައިކްރޯވޭވް ލިންކު ސެޓްކުރުން، ޓްރާންސްމިޝަން ޔުނިޓްގެ އިރުޝާދުގެ ދަށުން ޓަވަރު މެއިންޓެއިންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން).
  • ސްޓޭޝަނުން ބޭރުން ގެނެސްދެވޭ ލައިވް އިވެންޓުތައް ސްޓޭޝަނާހަމައަށް ފޯރުކޮށްދިނުމަށް ޤާޢިމްކުރަންޖެހޭ އޯޑިއޯ ވީޑިއޯ ލިންކު ޤާޢިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން. އަދި ލިންކު ޤާޢިމްކުރުމަށްފަހު މާސްޓަރ ކޮންޓްރޯލް ރޫމަށް އޯޑިއޯ ވީޑިއޯ ސިގްނަލް ޓެސްޓުކުރުން.
  • ސްޓޭޝަން ތެރޭގައި އޯޑިއޯ ވީޑިއޯ ރައުޓްކުރަންޖެހޭ ތަންތަނަށް ބޭނުންވާ ވަގުތަށް ރައުޓްކުރުން.
  • ސުޕަވައިޒަރުގެ ލަފާގެދަށުން، މަދުވެގެން މަހަކު އެއްފަހަރު ހުރިހާ ފައިބަރ ޕޮއިންޓުތަކެއް ޗެކްކުރުން.
  • ސުޕަވައިޒަރުން ހަވާލުކުރާ ފެސިލިޓީސްތައް މަދުވެގެން ހަފްތާއަކު އެއްފަހަރު ޗެކްކޮށް ސާފުކުރުމަށްފަހު އިކުއިޕްމަންޓު، ކަރަންޓު އަދި އެއަރކަންޑިޝަންގެ ހާލަތު ލޮގްކުރުން.
  • ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުގައި ވާ ތަންތަނުގެ ބްރޯޑްކާސްޓިންގއިކުއިޕްމަންޓެއް  މައްސަލަ ޖެހިފައި ހުރިކަން ފާހަގަ ކުރެވޭނަމަ،އިތުރަށް ޗެކްކޮށް  އެ އެއްޗެއް ރިޕެއަރ ޔުނިޓާއި ހަވާލުކުރުން.
  • ސެޓެލައިޓް ޑައުންލިންކަށް ބޭނުންކުރާ އެންމެހާ އިކުއިޕްމަންޓްތައް ދުވަހުން ދުވަހަށް ޗެކްކުރުން.
  • ކަރަންޓް ޕެނަލް އަދި ބެޓެރި ބެކަޕް މަދުވެގެން ދުވާލަކު 2 ފަހަރު ޗެކްކުރުން.
  • ޕްރޮޑަކްޝަން ފެސިލިޓީތަކުގައި ބޭނުންކުރާ އިކުއިޕްމަންޓްސް، ބޭނުންކޮށް ނިމުމުން ނިއްވާތޯ ޗެކްކޮށް، ނުނިއްވާނަމަ އެ ތަކެތި ނިވާލުން އަދި ބޭނުން ނިމުމަށްފަހު އެ ތަންތަން ތަޅުނުލާހުރިނަމަ، ތަޅުލުމަށްފަހު އެކަން ޝިފްޓު ސުޕަވައިޒަރަށް ރިޕޯރޓްކުރުން.

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
    • ޓެކްނިކަލްކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29  ސެޕްޓެންބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.

                            22 ސަފަރު 1444

18 ސެޕްޓެންބަރު 2022
ހޯދާ