ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ނޭޝަނަލް ޑްރަގް އޭޖެންސީގެ ބައެއް ސެންޓަރުތަކާއި ސެކްޝަންތައް ހިންގަމުންދާ (ގ.ގްރީންގޭ) ގައި ކުރަންޖެހޭ މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އެމެންޑްމަންޓް

އިޢުލާން

ނޭޝަނަލް ޑްރަގް އޭޖެންސީގެ ބައެއް ސެންޓަރުތަކާއި ސެކްޝަންތައް ހިންގަމުންދާ (ގ.ގްރީންގޭ) ގައި ކުރަންޖެހޭ މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އެމެންޑްމަންޓް

 

މި އޭޖެންސީގެ ބައެއް ސެންޓަރުތަކާއި ސެކްޝަންތައް ހިންގަމުންދާ (ގ.ގްރީންގޭ) ގައި ކުރަންޖެހޭ މަރާމާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 11 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ގެޒެޓް ކުރެވިފައިވާ ނަންބަރު: (IUL)434-PRC/434/2022/266 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ޝީޓަށް ބަދަލު ގެނެވިފައިވާތީ، އިސްލާޙު ކުރެވިފައިވާ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

 

ވީމާ، މި އެމެންޑުމަންޓާއި ގުޅިގެން 18 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ މަސައްކަތުގެ އިސްލާޙު ކުރެވިފައިވާ މަޢުލޫމާތު ޝީޓް، އިވެލުއޭޝަން ކްރައިޓީރިއާ، ރެޖިސްޓްރޭޝަން ފޯމް، ބިޑް ސެކިއުރިޓީ އަދި ޕަރފޯމަންސް ގެރެންޓީ ފޯމެޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުން

19 ސެޕްޓެމްބަރ 2022 (ހޯމަ)

11:00

(މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ، މާލެ (ސީޓްރެކް ބިލްޑިންގ / ދެވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

15 ސެޕްޓެންބަރު 2022
ހޯދާ