މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ނީލަން

މިކުންފުނީގެ (އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިވިޜަން) ގެ ތިލަފުށި ސައިޓުގައިހުރި (ގާތްގަނޑަކަށް) 150 ޓަނުގެ ބާދަނގަޑުތަކެއްވަނީ ޙާއްސަ ނީލަމުގައި ވިއްކާލުމަށް ނިންމާފައެވެ. އަދި މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.

1-     ނީލަން ކިއުން އޮންނާނީ 19 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހު 14:00 ގައި އެމްޓީސީސީ ޓްރޭޑިންގ ޑިވިޜަން، ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ގައެވެ.

2-     މިތަކެތި ބައްލަވައިގަންނަވަން ބޭނުންވެލައްވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން 10:00 އަށް އެމްޓީސީސީ  ޓްރޭޑިންގ ޑިވިޜަން  ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) އަށް ވަޑައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ.

3-     މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2022  ވާ ހޮނިހިރު ދުވަހު މެންދުރުފަހު 14:00 އިން 15:30 އަށް އެމްޓީސީސީ  ތިލަފުށިސައިޓަށް ވަޑައިގެން  ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.

4-     މި ނީލަމުގައި ބައިވެރިވެވޭނީ އެމްޓީސީސީ ޓްރޭޑިންގ ޑިވިޜަންގަ ރަޖިސްޓްރީވެ އަދި ޙާއްސަ ނީލަމުގެ އިޢުލާނުގައިވާ ކަންތައްތަކަށް އިޤުރާރުވާ ފަރާތްތަކަށެވެ.

5-     މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް -/50،000ރ (ފަންސާސްހާސް ރުފިޔާ) އެމް.ޓީ.ސީ.ސީގެ ބެންކް އެކައުންޓް ނަންބަރ  7701100668003 އަށް 18 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ ހެދުނު 9:00 އާއި 11:00 ދެމެދު ޖަމާކުރަން ވާނެއެވެ. އަދި 11:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

6-     ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.

7-     ނީލަން ފެށޭނީ ޓަނަކަށް -/3000ރ (ތިންހާސް ރުފިޔާގެ)  ރޭޓުންނެވެ.

8-     ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.

9-     ނީލަންނިމޭތާ 24 ގަޑި އިރުތެރޭގައި ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.      

10-  ނީލަންނިމޭތާ 48 ގަޑި އިރުތެރޭގައި ބާދަގަނޑުތަށް އެތަނުންގެންގޮސް ނިންމަންވާނެއެވެ.

11-  150 ޓަނަށް ވުރެ އިތުރު ވާނަމަ، އިތުރު ވާނެކަމަށް ލަފާކުރާ ޓަނުގެ އަދަދަށް، ނީލަން ނިމުނު އަގު ޓަނަށް ބަހާލުމުން ޓަނަކަށް ޖެހޭ ރޭޓުން އެޑްވާންސްކޮށް ފައިސާނެގޭނެއެވެ. އަދި 150 ޓަނަށް ވުރެ މަދުވާނަމަ، ނީލަން ނިމުނު އަގު ޓަނަށް ބަހާލުމުން ޓަނަކަށް ޖެހޭ ރޭޓުން ރީފަންޑް ޕްރޮސެސް ކޮށްދޭނެއެވެ.

12-  މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 1650 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

15 ސެޕްޓެންބަރު 2022
ހޯދާ