| 
 މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ) 
 | 
 މުސާރަ:  4465.00 ރުފިޔާ 
 | 
 ސާރވިސް އެލަވަންސް: 1500.00 ރުފިޔާ 
 | 
| 
 ރޭންކް: ޖީ.އެސް 3 
 | 
 ކްލެސިފިކޭޝަން:    އޮފިސަރ ގްރޭޑް 1 
 | 
 ބޭނުންވާ އަދަދު: 1 
 | 
| 
 މުއްދަތު: 31 ޑިސެންބަރު 2014 ގެ ނިޔަލަށް 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:  ޒުވާނުންގެމަރުކަޒު / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، މާލެ  
 | 
| 
 ޝަރުޠު:  
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 
ނުވަތަ 
2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 
 | 
| 
 މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:  
- އޮފީހަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުމާއި ކަމާގުޅޭ ފަރާތްތަކާ ގުޅުވައިދިނުން
 
- ސެކްޝަންތަކުން ކުރާ މަސައްކަތްތަކުގެ އެންމެފަހުގެ ތަފުސީލު ހޯދައި މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން
 
- އޮފީހަށް އަންނަ ލިޔެކިޔުންތައް ބަލައިގަތުމާއި ކަމާބެހޭ ސެކްޝަންތަކާ ހަވާލުކުރުން
 
- އޮފީހަށް ލިބޭ ހުރިހާ އެންޓްރީއެއް ބެލެހެއްޓުމާއި ސިޓީތަކަށް ދުވަހުން ދުވަހަށް ޖަވާބުދިނުން
 
- ކައުންޓަރުގެ ފައިލްތައް ބެލެހެއްޓުމާއި އަޕްޑޭޓް ކުރުން
 
- ތަޅުދަނޑި ފޮށި ބެލެހެއްޓުމާއި ތަޅުދަނޑިތައް ގަވާއިދުގެ ދަށުން ދޫކުރުން
 
- ބޭރަށް ދާ ނޯޓުކުރާ ފޮތް ބެލެހެއްޓުމާއި އިތުރުގަޑީގައި މުވައްޒަފުންގެ ގަޑި ޖަހައިދިނުމާއި ބޭރަށްދާ މުވައްޒަފު ނިމިގެން އައުމުން ނުވަތަ އިތުރުގަޑީގައި ޗެކްކޮށް ސޮއިކުރުން
 
  | 
| 
 މަޤާމުގެ ނަން: އޮފީސް އެސިސްޓެންޓް (ވަގުތީ) 
 | 
 މުސާރަ:  3470.00 ރުފިޔާ 
 | 
 ސާރވިސް އެލަވަންސް: 1000.00 ރުފިޔާ 
 | 
| 
 ރޭންކް: އެސް.އެސް 2 
 | 
 ކްލެސިފިކޭޝަން:    ސަޕޯޓް ސްޓާފް ގްރޭޑް 2 
 | 
 ބޭނުންވާ އަދަދު: 1 
 | 
| 
 މުއްދަތު: 31 ޑިސެންބަރު 2014ގެ ނިޔަލަށް 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:  ޒުވާނުންގެމަރުކަޒު / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / މާލެ 
 | 
| 
 ޝަރުޠު:  
1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 
ނުވަތަ 
2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. 
 | 
| 
 މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:  
- އޮފީހުން ފޮނުވަންޖެހޭ ސިޓީފަދަ ތަކެތި ހަވާލު ކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން
 
- އޮފީހުގެ ތަކެތި ގަތުމަށްޓަކައި ބޭނުންވާ ކޯޓޭޝަންތައް ހޯދުން
 
- އޮފީހަށް ބޭނުންވާ ތަކެއްޗާއި މުދާ ނެގުމަށް ބޭނުންވާ ޚިދުމަތަށް އެދޭ ފޯމު މިނިސްޓްރީއާ ހަވާލުކޮށް ޕީއޯ ފޯމު ހޯދުން
 
- އޮފީހަށް ގެންނަންޖެހޭ މުދާ ނަގާ، ސްޓޮކާ ހަވާލުވެފައިހުރި މުވައްޒަފާ ހަވާލުކުރުން
 
- އޮފީސް ހުޅުވުމާއި ޑިއުޓީތަކަށް ގަވާދުން ނިކުތުން
 
  | 
| 
 މަޤާމުގެ ނަން: މަސައްކަތު (ވަގުތީ) 
 | 
 މުސާރަ:  3100.00 ރުފިޔާ 
 | 
 ސާރވިސް އެލަވަންސް: 1000.00 ރުފިޔާ 
 | 
| 
 ރޭންކް: އެސް.އެސް 1 
 | 
 ކްލެސިފިކޭޝަން:    ސަޕޯޓް ސްޓާފް ގްރޭޑް 1 
 | 
 ބޭނުންވާ އަދަދު: 1 
 | 
| 
 މުއްދަތު: 31 ޑިސެންބަރު 2014ގެ ނިޔަލަށް 
 | 
 މަސައްކަތް ކުރަންޖެހޭ ގަޑި: ޝިފްޓް ޑިއުޓީ 
 | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:  ޒުވާނުންގެމަރުކަޒު / މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / މާލެ 
 | 
| 
 ޝަރުޠު:  
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން
 
  | 
| 
 މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:  
- މަރުކަޒުގެ ގޯތިތެރޭގައި ކުނި ނުހުންނާނޭހެން އަބަދުވެސް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން
 
- އިންޑޯހޯލް، ކުޅިވަރުހަރުގެ، ޗޭންޖިންގރޫމް، އާހަރުގޭގައި ހިރަފުސް ނުހުންނާނޭހެން ދުވާލަކު 1 ފަހަރު ކުނިކަހައި ފޮޅައި ސާފުކުރުން
 
- އިންޑޯހޯލުގައި ބޭނުންކުރާ ތުވާލިތައް ދޮވެ ސާފުކުރުމާއި މޮޕްތައް ތައްޔާރުކުރުން
 
- ޖިމް، އެރޮބިކްސްގައި ބޭނުންކުރާ މެޓްތައް ދޮވެ އަވީލުމާއި އެރޮބިކްސް ފްލޯ ހަފްތާއަކު އެއްފަހަރު ދޮވުން
 
- އައުޓްޑޯ ނެޓްބޯޅަ ކޯޓު ހިމެނޭ ސަރަޙައްދާއި، ފުޓުބޯޅަ ދަނޑު ހިމެނޭ ސަރަޙައްދު ދުވާލަކު 1 ފަހަރު ކުނިކަހައި ސާފުކުރުމާއި، ހަފްތާއަކު 1 ފަހަރު ފުޓުބޯޅަ ދަނޑުގައި ހުންނަ ގާތަށް ހޮވައި ސާފުކުރުން
 
- ސްޓީމްބާތާއި ބަދިގެ ފޮޅައި ސާފުކުރުމާއި، ފާޚާނާތައް ހަޑިވިޔަނުދީ ދޮވެ ސާފުކޮށް ބެލެހެއްޓުން
 
- ބާއްވާ އެކިއެކި މީޓިންގތަކަށް ސައި ހެދުމުގައި އެހީތެރިކަން ދިނުން
 
- މަރުކަޒުގެ ފަރާތުން ރާވައި ހިންގާ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެކަން ކާމިޔާބު ކަމަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން
 
  | 
| 
 ނޯޓް: 
-  އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. އަދި އޮފީސް އެސިސްޓެންޓާއި މަސައްކަތުގެ މަޤާމަށް ޝަރުޠުހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ. 
- މި މަޤާމުތަކުގެ އިންޓަރވިއު އެއްމަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ. 
- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ. 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
 
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ).
 
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށޤ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
 
 
 | 
- ސުންގަޑި: 05 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
 
 
    ވެބްސައިޓް އެޑްރެސް www.youth.gov.mv 
- އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް
 
 
 |