އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން ނަންބަރު: ASND-HR-IUL-2022-048

މަޤާމް: ޑްރައިވަރ

ބޭނުންވާ އަދަދު: 01

ސެކްޝަން: އެޑްމިން އެންޑް ޕްރޮކިއުމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ B1 ކެޓަގަރީގެ ލައިސަންސް ލިބިފައިވުން
  2. ރަސްމީ ގަޑީގެ އިތުރުން އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ޞިއްޙަތެއްގައިހުރެ އުމުރުން 55އަހަރު ވެފައިނުވާ މީހެއްކަމުގައިވުން.
  3. ލިޔަންކިޔަން އެނގުމާއިއެކު، މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.
  4. ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  5. މަސައްކަތުގެ މާހައުލުގައި މުޢާމަލާތު ކުރަންޖެހޭ ފަރާތްތަކާ ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ މީހަކު ކަމުގައިވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެއްގަމުގައި ދުއްވާ ވެހިކަލް (ކާރު) ދުއްވުމާއި އެ ވެހިކަލް ދޮވެ ސާފުކޮށް ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކުރުން.
  2. ކުންފުނިން ރަސްމީކޮށް ކުރަންޖެހޭ ދަތުރުތައް ކުރުން.
  3. ވެހިކަލްއަށް ކުރަންޖެހޭ މަރާމާތުތައް ބަލާ ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެވެހިކަލްއަކަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
  5. އޮފީހުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ތަކެތި އެފަރާތްތަކަށް ރައްދުކުރުން.
  6. އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  7. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

 

މުސާރައާއި އިނާޔަތް :

  • އަސާސީ މުސާރަ: -/4،200 ރުފިޔާ
  • ލިވިންގ އެލަވަންސް: -/3،000 ރުފިޔާ
  • އެޓެންޑަންސް އެލަވަންސް: -/1،470 ރުފިޔާ
  • ރިސްކް އެންޑް ހާޑްޝިޕް އެލަވަންސް: -/420 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި:  25 ސެޕްޓެންބަރު 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީއިން ގަބޫލުކުރާ B1 ކެޓަގަރީ ލައިސަންސް ކާޑުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

13 ސެޕްޓެންބަރު 2022
ހޯދާ