ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ
ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ތައްޔާރުކޮށްފައިވާ "ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަރިކައިގެ ޤާނޫނު" ގެ ދެލިކޮޕީ ޤާނޫނީ ހަމަތަކަށް ފައްތައިދީ، ބޭރު ބައެއް އެހެން ޤައުމުތަކުގެ ސަގާފީ އަދި އާސަރީ ތަރިކަ ރައްކާތެރިކުރުމުގެ ޤާނޫނުތަކާއި، މި ދާއިރާއާ ގުޅުންހުރި ދިވެހިރާއްޖޭގެ އެހެން ޤާނޫނުތައް ބަލައި ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން، އިޞްލާޙުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު IUL)222-HMC/1/2014/7)ފ(16 ސެޕްޓެންބަރު 2014) ގެ އިޢުލާނަށް މަޢުލޫމާތު ދިނުމުގައި އުނިކަންތަކެއް ހުރުމާ ގުޅިގެން މި އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
| 
 | ތަން | ދުވަސް | ތާރީޚު | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް | އާދީއްތަ | 2 ނޮވެންބަރު 2014 | 11:00 | 
| އަންދާސީހިސާބު ހުށަހެޅުން | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް | އާދީއްތަ | 9 ނޮވެންބަރު 2014 | 11:00 | 
އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ.
28 ޛުލްޙިއްޖާ 1435
 
                    