ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ނ، ރ އަތޮޅުގައި ޤާއިމު ކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ޑީސަލް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- 
ރެޖިސްޓްރޭޝަން:15ސެޕްޓެމްބަރ 2022 ވާ ބުރާސްފަތިދުވަހުގެ މެންދުރު12:00 ގެ ކުރިން [email protected] އަށް މެއިލް ކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ. 
މެއިލްގައި ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ހިމަނުއްވަންވާނެއެވެ.
- 
ބިޑަށް ކުރިމަތިލައްވާ ފަރާތުގެ ނަން 
- 
ގުޅޭނެ ނަންބަރު އަދި އީމެއިލް 
- 
ބީލަން ހުށަހަޅުއްވާނެ ފަރާތް ތަމްސީލު ކުރައްވާނެ ފަރާތް އަދި މަޤާމް 
- 
ބީލަމުގެ އިޢުލާނު ނަންބަރ 
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.
- 
ބީލަން ހުށަހެޅުން:ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ، 18ސެޕްޓެމްބަރ 2022 ވާއާދިއްތަ ދުވަހުގެ މެންދުރު12:00 ގައި ތިރީގައިވާ އެޑުރެހުގައެވެ. 
6 ވަނަފަންގިފިލާ
އެފްއެސްއެމް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ
މިބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
 
                    