ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ރެކޯޑު ކުރެވޭ ބަޔާންތައް މުޙްޟަރު ކުރާނެ ފަރާތެއް ހޯދުމާ ގުޅޭ

މި އިޢުލާންވަނީ 15 ސެޕްޓެންބަރު 2022 08:03 ގައި ބާތިލް ކުރެވިފައެވެ.


ރެކޯޑު ކުރެވޭ ބަޔާންތައް މުޙްޟަރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 198-F/2022/122 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ހާޟިރުވެފައި ނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ.

މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް  ބޭނުންވާނަމަ، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 15 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީ ހިސާބު 18 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11   ސަފަރު   1444

07 ސެޕްޓެންބަރު 2022
ހޯދާ