އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިމަންދޫ ބަނދަރު ސަރަޙައްދުގައި ހިމަންދޫގެ ނަން ތައްޔާރުކޮށް ހަރުކުރުމާއި ގުޅޭ

ހިމަންދޫ ބަނދަރު ސަރަޙައްދުގައި ހިމަންދޫގެ ނަން ޖެހުމާއި ގުޅޭ

އިޢުލާން

 

 

މި އިދާރާއިންދޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ޑިޒައިނާއި އެއްގޮތައް ހިމަންދޫ ބަނދަރު ސަރަޙައްދުގައި ހިމަންދޫގެ ނަން ކޮންކްރީޓްކޮށް ހެދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2022ސެޕްޓެމްބަރ15 ވާ ބްރާސްފަތި ދުވަހުގެ 14:00ގެ ކުރިން، [email protected] އަށް މެއިލްކުރައްވައި، ނުވަތަ 7948087 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓްކުރެއްވުން އެދެމެވެ. މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 2022ސެޕްޓެމްބަރ14 ވާ ބުދަ ދުވަހުގެ 13:00ގައި މި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022ސެޕްޓެމްބަރ18ވާ އާދިއްތަ ދުވަހުގެ 13:00 ގައެވެ.  އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2022ސެޕްޓެމްބަރ18ވާ އާދިއްތަ ދުވަހުގެ 13:05ގައި ، މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ " ހިމަންދޫ ބަނދަރު ސަރަޙައްދުގައި ހިމަންދޫގެ ނަން ޖެހުމާއި ގުޅޭ " މިހެން ލިޔެފައެވެ. ގަޑި ޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި ބިޑް ރެޖިސްޓަރ ނުކުރާ ފަރާތްތަކާއި، ދިވެހިރާއްޖޭގައި ކަމާބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ސެޕްޓެންބަރު 2022
ހޯދާ