ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އޮފީސްއެސިސްޓެންޓް

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 17/(IUL)95-A/1/2021

ތާރީޚް: 07 ސެޕްޓެންބަރު 2022

މަޤާމް:       

އޮފީސް އެސިސްޓެންޓް

ރޭންކް: SS2

ކޯޓް / ސެކްޝަން

ދިވެހިރާއްޖޭގެ ހައިކޯޓު

ބޭނުންވާ ޢަދަދު: 01

މުސާރައާއި ޢިނާޔަތްތައް

އަސާސީ މުސާރަ

-/3470 ރުފިޔާ

ސަރވިސް އެލަވަންސް                

-/1000 ރުފިޔާ

ލިވިންގ އެލަވަންސް

-/2850 ރުފިޔާ

ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %45)

އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުންއިތުރުގަޑީގެފައިސާދެވޭނެއެވެ.

މަޤާމުގެ  ޝަރުތު:

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބި، އެމުއްދަތުގެ ތެރޭގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބިފައިވުން

ނުވަތަ،

މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާސިލްކޮށްފައިވުން

 

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ލިޔުންތަކާއި، ޗިޓްތަށް ރައްދުކުރުމުގެ މަސައްކަތްކުރުން އަދި ޙަވާލުނުކުރެވޭ ޗިޓްތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ޤަވާޢިދާ އެއްގޮތަށް ކަމާގުޅޭ މުވައްޒަފުންނާ ހިއްޞާކުރުން.
  2. ކޯޓުން އެކިރަށްރަށަށް ފޮނުވާ ތަކެތި ޕާރސަލްކޮށް، ބޯޓުތަކަށް ގެންގޮސް އެތަކެތި ފޮނުވުމުގެ މަސައްކަތްކުރުން.
  3. އެހެނިހެން ފަރާތްތަކުންވެސް ކޯޓަށް ފޮނުވާ ތަކެތި، ބޯޓަށް ބަލާގޮސް އެތަކެއްޗާ ޙަވާލުވުމާއި އަދި އެތަކެތި ކޯޓަށް ގެނައުމުގެ މަސައްކަތްކުރުން.
  4. ކޯޓުން އަންގާ ގޮތެއްގެ މަތިން އޮފީސް ހުޅުވުމަށް އޮފީސް ތަޅުދަނޑި ގެނެސް ގެންދިޔުން
  5. ކޯޓަށް ގެނެވޭ ފަރުނީޗަރުފަދަ ތަކެތި ގެނެސް ރޭވުމުގެ މަސައްކަތްކުރުމުގައި އެހީތެރިވުން.
  6. ރަސްމީ ބޭނުމަށް ކޯޓުގައި ގެންގުޅޭ ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުމުގައި އެހީތެރިވެ މަސައްކަތްކުރުން.
  7. ކޯޓުން އަންގާ ތާވަލަކާ އެއްގޮތަށް ކޯޓު ރޫމްތަކާއި ތަންތަން ފޮޅާ ސާފުކުރުން.
  8. ކޯޓުތެރޭގައި ކާޕެޓް އަޅާފައިވާ ތަންތަނުގައި ހޫވަރުއެޅުމާއި މާލަމްތަކަށް ގަސް ގެންދިއުމާއި، ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ގަސްތައް ބޭރަށް ނެރެ ބެހެއްޓުމުގެ މަސައްކަތް ކުރުން.
  9. ކޯޓުގެ އެކިބައިތަކުގައި އަޅާފައިވާ ކާޕެޓް ސާފުކުރުމާއި، ދޮންނަންޖެހޭ ކާޕެޓްތައް ދޮންނަން ހަމަޖެހިފައިވާ ގޮތެއްގެ މަތިން ދޮވުމުގައި އެހީތެރިވުން.
  10. ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކޯޓުތެރޭގައި އެކިބައިތަކަށް ގެންދަންޖެހޭ ފެންފުޅިތައް ގެންދިއުން.
  11. އެކިކަންކަމަށް އިންތިޒާމްކުރަންޖެހޭ މީޓިންގ ޖަލްސާ، ފަދަ ތަންތަން ކަނއަޅާފައިވާ ގަޑިއަށް ނިންމަން އެހީތެރިވުން.
  12. އޮފީސްތެރޭގައި އެއްތަނުން އަނެއްތަނަށް ބަދަލްކުރަންޖެހޭ ގޮޑި، ގަސްމުށި މޭޒުފަދަ ތަކެތި ބަދަލްކުރުމަށް އެހީތެރިވުން.
  13. ކޯޓުގެ މެއިންޓެނެންސާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި އެ މަސައްކަތްކުރާ މުވައްޒަފުންނަށް އެހީތެރިވެދިނުން.
  14. އިދާރީ ގޮތުން ކޯޓުން ކުރާ މަސައްކަތުގައި އެހީތެރިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ފޯމަން/އޮފީސް އެސިސްޓެންޓް/މަޤާމައިގުޅޭ އެހެނިން ދާއިރާތައް

ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި

  1. ހައިކޯޓުން ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސުކޫލް ލީވިން ސެޓްފިކެޓްގެ ކޮޕީ
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  9. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  10. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.
  11. އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

 

ސުންގަޑި 

18 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް (ތީމުގެ، އާބުރުޒުހިނގުން) އަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓު  www.highcourt.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3325029 އަށެވެ.

 

07 ސެޕްޓެންބަރު 2022
ހޯދާ