ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

                  ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2022/126

ތާރީޚް: 07 ސެޕްޓެންބަރު 2022

މަޤާމު

ލީގަލް އޮފިސަރ

ރޭންކް: ޖޭ.އެސް12-2

މަސައްކަތްކުރަންޖެހޭ ތަން

ހއ. ހޯރަފުށީ ކްލަސްޓަރ - (ހއ.ހޯރަފުށި، ހއ.ތުރާކުނު، ހއ.އުލިގަން)

ބޭނުންވާ އަދަދު: 1

ރ. މަޑުއްވަރީ ކްލަސްޓަރ - (ރ.މަޑުއްވަރި، ރ.އިނގުރައިދޫ، ރ.ފައިނު، ރ.ކިނޮޅަސް، ރ.މީދޫ)

ބޭނުންވާ އަދަދު: 1

ނޯޓް: ވަޒީފާ ހަމަޖެހޭ ފަރާތްތަކުން ކްލަސްޓަރގެ އެކި ކޯޓުތަކުގައި މަސައްކަތް ކުރަން ޖެހޭނެއެވެ.

އަސާސީ މުސާރަ

-/9,412 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: 3764/80 (އަސާސީ މުސާރައިގެ %40)

- ސަރވިސް އެލަވަންސް: -/3,000

- ލިވިންގ އެލަވަންސް: -/2,550

-  ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. ޝަރީޢަތާއި ޤާނޫނު، ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ވަޒީފާ ހަމަޖެހޭ ކުލަސްޓަރގެ ކޯޓެއްގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ނިޔާކަނޑައަޅާ މައްސަލަތަކުގެ ޚުލާސާ ރިޕޯޓާއި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޑްރާފްޓުކުރުން.
  2. ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް މައްސަލަ ބަލައިގަތުމާމެދު ޗީފް އެޑްމިނިސްޓްރޭޓަރަށް ލަފާދިނުން.
  3. މައްސަލަތައް ދިރާސާ ކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް އެކަންކަމުގެ މަޢުލޫމާތު ޤަވާޢިދުން މެޖިސްޓްރޭޓާއި ހިއްސާކުރުން.
  4. އެގްރިމެންޓާއި، ޕަވަރ އޮފް އެޓަރނީއާއި، އެހެނިހެން ލިޔުންތައް ކޯޓުގައި ރަޖިސްޓްރީކޮށް ތަސްދީޤުކުރުން.
  5. އެކިއެކި ކޯޓުތަކުން ބަޔާން ނެގުމަށް ފޮނުވާ މެސެޖްތަކާއި ގުޅިގެން ބަޔާން ނެގުމުގެ މަސައްކަތް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރުން.
  6. އެކިއެކި ކޯޓުތަކުން މީހުން ޙާޟިރު ކޮށްދިނުމަށް ފޮނުވާ މެސެޖުތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  7. ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް ޝަރީއަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަން ފެންނަ ބަދަލުތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯރޓް ތައްޔާރުކުރުމާއި ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެނެވޭ އިސްލާހުތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓްގެ މަޝްވަރާގެ މަތިން ކުރުން.
  8. މެޖިސްޓްރޭޓުގެ ލަފަޔާއި މަޝްވަރާގެ މަތިން ލީގަލް ސެކްޝަނުގެ މަސައްކަތްތައް ވިލަރެސްކުރުން.
  9. ދާއިރާގެ މެޖިސްޓްރޭޓުންނަށާއި ކުލަސްޓަރ ކޯޓުތަކުގެ ކަމާއިބެހޭ މުވައްޒަފުންނަށް ބޭނުންވާ ޝަރުޢީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  10. ދާއިރާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ދާއިރާގެ ޗީފް އެޑްމިނިސްޓްރޭޓަރަށް އެއްބާރުލުން ދިނުން.
  11. ކުލަސްޓަރ ކޯޓުތަކުގެ މުވައްޒަފުންނާ ގުޅޭގޮތުން ޗީފް އެޑްމިނިސްޓްރޭޓަރަށް ދޭންޖެހޭ ލީގަލް ލަފާ ދިނުން.
  12. ޗީފް އެޑްމިނިސްޓްރޭޓަރ ޗުއްޓީގައި ހުންނަވާ ޙާލަތުގައި ކޯޓު ނުވަތަ ކްލަސްޓާރގެ ކޯޓުތަކުގެ އިދާރީ އެންމެހާ މަސައްކަތް ހިންގާ ބަލެހެއްޓުން.
  13. ކޯޓަށް ހުށަހެޅޭ މަސައްލަތަކާއި ގުޅޭގޮތުން ޖަވާބު ދޭންޖެހޭ ފަރާތްތަކަށް ޖަވާބު ތައްޔާރުކުރުމަށް ޗީފް އެޑްމިނިސްޓްރޭޓަރއަށް ލަފާ ދިނުން.
  14. ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ބަލައި މައްސަލައިގެ ފައިލް އަރުޝީފަށް ޙަވާލުކުން.
  15. ހައްޔަރު އަމުރާއި، ބަލައިފާސްކުރުމުގެ އަމުރާއި އެހެނިހެން ކޯޓުއަމުރު ހޯދުމަށް އެދި ހުށަހަޅާ ފޯމްތައް ޗެކްކޮށް މެޖިސްޓްރޭޓުގެ ލަފާގެ މަތިން ކޯޓުއަމުރު ތައްޔާރުކުރުން
  16. ވަލީ ހަމަޖައްސުމަށް އެދި ކޯޓަށް ހުށަހަޅާ ފޯމަށް ބަޔާން ނެގުން.
  17.  ކައިވެނިކޮށްދިނުމަށް އެދި ހުށަހަޅާ ފޯމްތައް ފުރިހަމަކުރެވިފައިވަނީ ރަގަޅަށްތޯ ބަލައި ޗެކްކުރުމަށްފަހު، ފޯމުގައި އިސްލާޙްކުރަންޖެހޭ ތަންތަން ފާހަގަކޮށް، ފޯމް އިސްލާޙްކުރުމަށާއި ފޯމްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އެމަސައްކަތްކުރާ މުވައްޒަފާއި ޙަވާލުކުރުން.
  18. ކޯޓުން ކުރާ ކައިވެންޏާއި ގުޅިގެން، އަލަށް ކައިވެނިކުރާ ފަރާތްތަކަށް ނަޞޭހަތްތެރިވުމާއި، މަޢުލޫމަތުދިނުމުގެ މަސައްކަތްކުރުން.
  19. އެކޯޓަކުން ނިމޭ މައްސަލަތަކުގައި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވިފައިވޭތޯ ޗެކްކުރުން.
  20. ޢިއްދަ ބަޔާން ވަލީ ބަޔާން ފަދަ ބަޔާންތައް މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ނެގުން.
  21. ތާވަލްކުރާ މައްސަލަތަކާއި ހިނގަމުންދާ މައްސަލަތަކާއި، ނިމޭ މައްސަލަތައް ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއިއެކު ސީ.އެމް.އެސް އިން ޤަވާޢިދުން އަޕްޑޭޓް ކުރުވައި އެކަން ބަލަމުން ގެންދިއުން.
  22. އިދާރީގޮތުން ކޯޓުން ތައްޔާރުކުރާ އެއްބަސްވުން ނުވަތަ އެގްރިމަންޓްތައް ޑްރާފްޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  23. ޝަރީޢަތުގެ އަޑުއެހުންތަކުގެ ރެކޯޑިންގ ބަޔާންތައް ލީގަލް ސެކްޝަނުގެ މުވައްޒަފުންނާއި ޓައިޕިންގ ޕޫލްގެ މުވައްޒަފުންނަށް ޙަވާލުކޮށް ޕްރޮގްރެސް ބެލުން.
  24. ނުމިމޭ މައްސަލަތަކާއި ހިނގަމުންދާ މައްސަލަތަކާއި އަދި ކުރިއަށް ތާވަލްކުރަންޖެހޭ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބަލައި، މައްސަލަތައް އަވަސް ކުރުމަށް ކުރެވެން ހުރި ކަންކަން މެޖިސްޓްރޭޓް ލަފާގެ މަތިންކޮށް ބެލެހެއްޓުން.
  25. ލީގަލް ސެކްޝަންގެ މުވައްޒަފުންގެ އެހީތެރިކަމާއިއެކު ތަފާސް ހިސާބު ރިޕޯޓް ތައްޔާރުކުރުން.

ތަޢުލީމީ ރޮނގު

ޝަރީޢަތާއި ޤާނޫނުގެ ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް

  1. ޝަރީޢާ / ޝަރީޢަތާއި ޤާނޫނު / ޤާނޫނު.

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  11. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގައި ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާނަމަ، އެކުންފުންޏަކީ 50 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެއް ކަމުގައިވުން.

ސުންގަޑި

2022 ސެޕްޓެންބަރު 14 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ވަޒީފާ އޮތް ކްލަސްޓަރގެ ކޯޓުތަކުގެ ކައުންޓަރުން ފޯމް ބަލައިގަންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް ކްލަސްޓަރ ކޯޓުތަކުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:   / 33408583340855
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  • މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 

  • ކްލަސްޓަރގެ ކޯޓުތަކަށް ދަތުރުކޮށް މަސައްކަތް ކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޤާނޫނު އަސާސީއާއި، ކޯޓުތަކާއި ބެހޭ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި މިނޫންވެސް ދިވެހިރާއްޖޭގައި ހެދިފައިހުރި ޤާނޫނުތަކާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ޝަރީޢަތް ކުރުމާއި ބެހޭ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
  • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން.
  • ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާ، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.  
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ.
  • ވަޒީފާއަށް ހަމަޖެއްސުމުގެ ކުރިން ބެކްގްރައުންޑް އެސެސްމަންޓެއް ކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް ހެދޭނެއެވެ.
07 ސެޕްޓެންބަރު 2022
ހޯދާ