ދިވެހިރާއްޖެ
| މަޤާމް :ޑެޕިއުޓީ މެނޭޖަރ، ރެޖިސްޓްރޭޝަން ޕްރޮސެސިންގ (މެނޭޖަރ ، M1) | |
|---|---|
| ބޭނުންވާ އަދަދު :1 | |
| މަޤާމް :ޑެޕިއުޓީ މެނޭޖަރ، ހިއުމަން ރިސޯސް (މެނޭޖަރ ، M1) | |
|---|---|
| ބޭނުންވާ އަދަދު :1 | |
މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމަށް މީހުން ހޯދަން ބޭނުންވެއެވެ.
| 
 މަގާމު:  | 
 ޑެޕިއުޓީ މެނޭޖަރ، ރެޖިސްޓްރޭޝަން ޕްރޮސެސިންގ (މެނޭޖަރ ، M1)  | 
| 
 އަދަދު:  | 
 1  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:  | 
 ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ރެޖިސްޓްރޭޝަން ޕްރޮސެސިންގ ޑިވިޜަން / ރެޖިސްޓްރޭޝަން ޕްރޮސެސިންގ ސެކްޝަން  | 
| 
 އަސާސީ މުސާރަ:  | 
 މަހަކު 10,000/- ރުފިޔާ  | 
| 
 އިތުރު އިނާޔަތްތައް:  | 
 ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 6,200/- ރުފިޔާ ލިވިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް175/- ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 85/- ރުފިޔާގެ ރޭޓުން  | 
| 
 މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:  | 
 ޓެކުހާގުޅޭ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީކޮށް އެ ފަރާތްތަކުގެ މައުލޫމާތު ބެލެހެއްޓުމާއި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު (TIN) އާއި ރެޖިސްޓްރޭޝަން ސެޓްފިކެޓް ދޫކުރުމާއި ރަޖިސްޓްރޭޝަނާ ގުޅޭ އެހެނިހެން ހިދުމަތްތައް ދިނުން  | 
| 
 ޝަރުޠު: - އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ / އޭ.ސީ.ސީ.އޭ / ސީ.އައި.އެމް.އޭ ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ / އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް / ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - އޭ.ސީ.ސީ.އޭ ސްކިލް ލެވެލް ނިންމާފައިވުމާއެކު މީރާގެ ސީނިއަރ ޓެކްސް އޮފިސަރ ލެވެލް މަގާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން، އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން 75% ލިބިފައިވުން  | 
|
| 
 މަގާމު:  | 
 ޑެޕިއުޓީ މެނޭޖަރ، ހިއުމަން ރިސޯސް (މެނޭޖަރ ، M1)  | 
| 
 އަދަދު:  | 
 1  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:  | 
 ހިއުމަން ރިސޯސް ޑިޕާޓްމަންޓް  | 
| 
 އަސާސީ މުސާރަ:  | 
 މަހަކު 10,000/- ރުފިޔާ  | 
| 
 އިތުރު އިނާޔަތްތައް:  | 
 ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު 6,200/- ރުފިޔާ ލިވިންގ އެލަވަންސް: މަހަކު 4,650/- ރުފިޔާ ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް175/- ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް 85/- ރުފިޔާގެ ރޭޓުން  | 
| 
 މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:  | 
 މުވައްޒަފުން ތަމްރީނުކޮށް ތަރައްޤީކުރުމަށް ބޭނުންވާ އެންމެހައި މަސައްކަތްތަކާއި މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިޒަލްގެ މަސައްކަތްތަކާއި، މުވައްޒަފުންނާބެހޭ އެހެނިހެން މަސައްކަތްތައް، ހިންގައި ބެލެހެއްޓުން  | 
| 
 ޝަރުޠު: - ހިއުމަން ރިސޯސް ނުވަތަ މެނޭޖްމަންޓްއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - ހިއުމަން ރިސޯސް ނުވަތަ މެނޭޖްމަންޓްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން  | 
|
އެހެނިހެން ޝަރުތުތައް
- މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
 - ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
 - ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
 - އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
 - ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
 
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
 - ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
 - ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
 - ކަރިކިއުލަމް ވިޓާ (ސީވީ)
 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
 
ނޯޓް:
- އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.
- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 20 ސެޕްޓެންބަރު 2022 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ
ހޮޓްލައިން: 1415
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
