މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދު - ނ.މާފަރު

މި އިޢުލާންވަނީ 11 ސެޕްޓެންބަރު 2022 10:55 ގައި ބާތިލް ކުރެވިފައެވެ.


މާފަރު ކައުންސިލްގެ އިދާރާ

    ނ.މާފަރު / ދިވެހިރާއްޖެ

 

 

މިލަދުންމަޑުލު ދެކުނުބުރީ މާފަރު ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދު

 

  1. ތަޢާރަފާއި ނަން 

(ހ). މިއީ ޤާނޫނު ނަމްބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 148  ވަނަ މާއްދާގެ (ހހ) ން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވާރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ބަނދަރު ބެލެހެއްޓުމާއި ގުޅޭގޮތުން އެކުލަވާލެވިފައިވާ ޤަވާއިދެކެވެ. މި ޤަވާއިދުގެ ދަށުން، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލުން ބަލަހައްޓާނީ މިލަދުންމަޑުލުދު ދެކުނުބުރީ މާފަރު ބަނދަރާއި، އެ ބަނދަރާއި ގުޅިފައިވާ ސަރަހައްދެވެ.

(ށ). މި ޤަވާއިދަށް ކިޔަނީ، "ބަނދަރު ބެލެހެއްޓުމާއި، ބެހޭ ޤަވާއިދު" އެވެ. 

 

  1. ޢަމަލުކުރަން ފަށާ ތާރީޙް

(ހ). މި ޤަވާއިދަށް ޢަމަލުކުރުމަށް ފަށާނީ، މި ޤަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިރުކުރާ ދުވަހުން ފެށިގެންނެވެ.

(ށ). މި ޤަވާއިދަށް ޢަމަލުކުރަން ފަށާތާ، 3 (ތިނެއް) މަސް ދުވަސް ތެރޭގައި މާފަރު ކައުންސިލްގެ އިދާރާއިން، ބަނދަރުގެ ސަރަހައްދާއި، ބަނދަރާއި ގުޅޭ، ފަޅުގެ، ސަރަހައްދު ކަނޑައަޅައި، ޢާންމުކޮށް، އިޢުލާން ކުރަން ވާނެއެވެ.

 

  1. ބަނދަރު ބެލެހެއްޓުން

(ހ). ބަނދަރު ބެލެހެއްޓުމަކީ މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތައް ބަނދަރު ބޭނުންކުރަން ވާނީ، މި ޤަވާއިދާއި، އެއްގޮތަށެވެ.

(ށ). ކައުންސިލްގެ ފަރާތުން ބަނދަރު ބެލެހެއްޓުމަށާއި، މި ޤަވާއިދުގެ ދަށުން، ނަގަންޖެހޭ ފީ ނެގުމަށްޓަކައި، އެކަމަށް މީހަކު ނުވަތަ ބަޔަކު ޙާއްޞަކުރެވިދާނެއެވެ.

(ނ). ބަނދަރުގައި މަސްދޯނި ފަހަރު އެޅުމަށާއި، މުދާ ބޭލުމަށާއި، އެހެނިހެން އުޅަނދުތައް އެޅުމަށް ސަރަހައްދުތައް ކަނޑައެޅުމުގެ އިހްތިޔާރު މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލަށް ލިބިގެންވެއެވެ.

 

  1. ބަނދަރާއި، ބަނދަރު ސަރަހައްދާއި، އުޅަނދު ފަހަރު އަޅާ ސަރަހައްދުތައް 

މި ޤަވާއިދު ހިންގޭ، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ބަނދަރު ތެރޭގައި، އުޅަނދުފަހަރު އެޅުމަށް ޙާއްޞަކުރާ ސަރަހައްދުތައް ވަކިވަކިން އެނގޭގޮތަށް މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލުން ކަނޑައަޅައި ޢާންމުކޮށް، ފެންނާނެ ފަދައިން، ބަހައްޓަންވާނެއެވެ. 

 

 

  1. ބަނދަރަށް މުދާ ބޭލުމާއި، ބަނދަރުން މުދާ ބަރުކުރުން 

 

(ހ) ކަނޑުގައި ދުއްވާ އުޅަނދުފަހަރު މުދާ ބަރުކުރުމަށާއި، މުދާ ބޭލުމަށް ނުވަތަ އެނޫންވެސް ބޭނުމަކު، ކައުންސިލުން ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަން ވާނީ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ.

(ށ). މި މާއްދާގެ (ހ) ގެ ދަށުން މުދާ ބޭލުމަށް 1-69 ފޫޓުގެ އުޅަނދު ފީ ނުދައްކާ ބޭއްވޭނީ ގިނަވެގެން، 24 (ސައުވީސް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށްވެސް 24 (ސައުވީސް) ގަޑިއިރަށެވެ.

(ނ). މި މާއްދާގެ (ހ) ގެ ދަށުން މުދާ ބޭލުމަށް 70-119 ފޫޓުގެ އުޅަނދު ފީ ނުދައްކައި ބޭއްވޭނީ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށްވެސް 24 (ސައުވީސް) ގަޑިއިރަށެވެ.

(ރ). މި މާއްދާގެ (ހ) ގެ ދަށުން މުދާ ބޭލުމަށް 120 ފޫޓަށް ވުރެ ދިގު އުޅަނދު ފީ ނުދައްކައި، ބޭއްވޭނީ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ. އަދި މުދާ އެރުވުމަށްވެސް 24 (ސައުވީސް) ގަޑިއިރަށެވެ. 

(ބ). މުދާ ބަރުކުރުމަށްފަހު، ނުވަތަ މުދާ ބޭލުމަށްފަހު، އެ އުޅަނދެއް ތޮށިގަނޑު ކައިރީގައި ބާއްވާނަމަ، ބާއްވަންވާނީ، ތޮށިގަނޑު ހުރަހަށެވެ.

 

  1. ބަނދަރަށް މުދާ ބޭލުމާއި، ބަނދަރުން މުދާ ބަރުކުރުމާއި ގުޅޭގޮތުން ފީ ނެގުން

މި ޤަވާއިދުގެ 5 ވަނަ މާއްދާގެ (ށ)، (ނ)، އަދި (ރ) ގައި ބަޔާންކޮށްފައިވާ ވަގުތަށް ވުރެ އިތުރުވާ ވަގުތަށް ފީ ނެގޭނީ ތިރީގައި މިވާ އުޞޫލުންނެވެ.

އެމަޖެންސީ ހާލަތެއްދިމާވެއްޖެނަމަ ކައުންސިލުން އެ ހުއްދަދޭންވާނެއެވެ.

1. 69 ފޫޓަށް ވުރެ ކުރު އުޅަނދުފަހަރަށް ފީ ނެގޭނީ ކޮންމެ ގަޑިއިރަކަށް 25 ރ. (ފަންސަވީސް ރުފިޔާ) ގެ މަގުންނެވެ.

2. 70 ފޫޓާއި، 99 ފޫޓާއި، ދެމެދުގެ އުޅަނދުފަހަރުން ފީ ނެގޭނީ، ގަޑިއިއަރަކަށް 50 ރ (ފަންސާސް ރުފިޔާ) މަގުންނެވެ.

3. 100 ފޫޓަށް ވުރެ ދިގު އުޅަނދު ފަހަރުން ފީ ނެގޭނީ، ގަޑިއިރަކަށް 100ރ.(ސަތޭކަ ރުފިޔާ) ގެ މަގުންނެވެ.

4. ބަނދަރަށް ބާލާފައިހުންނަ މުދަލާއި އެހެނިހެންތަކެތި 72ގަޑިއިރު ތެރޭގައި ބަނދަރުން ގެންގޮސް އެސަރަހައްދު ސާފުކުރަންޖެހޭނެއެވެ. 72ގަޑިއިރުގެ ތެރޭގައި މުދާނުގެންދާ ފަރާތްތަކުން މުދާ ބެހެއްޓިފައިހުންނަ ސަރަހައްދުގެ މިންބަލާ އަކަފޫޓަކަށް 25ލރގެ ރޭޓުން ދުވާލަކަށް ފީނެގޭނެއެވެ.

  1. ބަރު މުދާ ބަރުކުރުން

(ހ) ސިމެންތި، ހިލަ، ހިލަވެލި، ދޮންވެލި، އަކިރި، ގެރިގުއި، ފަދަ ތަކެތި، ބަރުކޮށްގެން ނުވަތަ ބަރުކުރަން ބަނދަރަށް އަންނަ އުޅަނދު ފަހަރުން، އެފަދަ ތަކެތި އަރުވައި ބާލަން ވާނީ، ކައުންސިލުން ކަނޑައަޅާ ބަނދަރުގެ ސަރަހައްދަކަށެވެ. މިފަދަ ތަކެތި ބާލަންވާނީ، އެ ސަރަހައްދެއްގައި ސަތަރި ނުވަތަ ތަރުފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމިގެން އެންމެ ލަސްވެގެން 4 ގަޑިއިރު ތެރޭގައި، އެ ސަރަހައްދު ސާފުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފަދަ ތަކެތި، އުޅަނދަށް ބަރުކުރުމަށް ބަނދަރު ސަރަހައްދުގައި ބެހެއްޓޭނީ، ނުވަތަ ބޭލުމަށްފަހު، ބަނދަރު ސަރަހައްދުގައި ބެހެއްޓޭނީ، އެންމެ ގިނަވެގެން 72 (ހައްދިހަދޭތް) ގަޑިއިރަށެވެ. 

  1. ބަނދަރު ސާފުކުރުން

(ހ). އާންމުކޮށް ބަނދަރާއި، ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަކީ، މާފަރު ކައުންސިލްގެ މަސްޢޫލިއްޔަތެކެވެ.

(ށ). މުދާ އަރުވައި ބޭލުމުގެ ސަބަބުން، ނުވަތަ އެނޫންވެސް ސަބަބަކާއި ހެދި، އެއްގަމު ސަރަހައްދަށް އެޅޭ ތެލާއި، ކުނިފަދަ ތަކެތި، އެ މަސައްކަތް ނިމުމުން އެންމެ ގިނަވެގެން 5 (ފަހެއް) ގަޑިއިރު ތެރޭގައި، އެ މަސައްކަތް ކުރި ނުވަތަ ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.

(ނ). ސިމެންތި، ދޮންވެލި، ހިލަ ، ހިލަވެލި، ކާޑު ފަދަ ބަސްތާތައް ބަނދަރުގެ އެއްގަމު ތޮށިމަތީގައި، ޖައްސަންވާނީ، އެތަކެތި ބާލައި ސަތަރި، ނުވަތަ ތަރުފާލު އަޅައިގެންނެވެ. އަދި މަސައްކަތް ނިމުމުން ގިނަވެގެން 4 (ހަތަރެއް) ގަޑިއިރު ތެރޭގައި ސަތަރި ނުވަތަ ތަރަފާލު ނަގައި، ތަނަށް އެޅިފައި ހުރި ތަކެއްޗާއި، އެކުގައި ސާފުކުރަންވާނެއެވެ. ޕޭމަންޓް މަތީގައި ޖަންސަންވާނީ  ފަރުނީޗަރުފަދަތަކެތްޗެއެވެ. މިގޮތައްމުުދާ ޖެއްސުމުގައި ޕޭމަންޓްގެ ދެބައިކޮށްފައި އެއްބަޔަވުރެބޮޑުކޮށް ބޭނުންކޮށްގެންނުވާނެއެވެ. އެހެނިހެން މުދާ ބާލަންވާނީ ޕޭމަންޓުން ބޭރަށެވެ. މުދާ ބާލާ ބެހެއްޓޭނޭ ސަރަހައްދު ކައުންސިލުން ކަނޑައަޅާ އަންގަންވާނެއެވެ.

 

  1. ޖޫރިމަނާ

މި ޤަވާއިދުގެ 8 ވަނަ މާއްދާގެ (ށ) އަދި (ނ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ، -/500 (ފަސްސަތޭކަ) ރުފިޔާ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރ ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، ހަތަރު ވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/3000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން، އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު މި ޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

  1. ބަނދަރަށް ލިބޭ ގެއްލުން މަރާމާތު ކުރުން.

އެއްވެސް އުޅަނދެއް ތޮށިގަނޑުގައި ޖެހި، ނުވަތަ މުދާ ބާލައި ބަރުކުރުމުގެ ތެރޭގައި ނުވަތަ އެނޫންވެސް ސަބަބަކާއި، ހުރެ، ތޮށިގަނޑަށް ގެއްލުން ވެއްޖެނަމަ، އެވީ ގެއްލުމެއް ބަލައި އެގެއްލުމެއް މަރާމާތުކުރެވޭވަރުގެ އަގެއްނަގަންވާނެއެވެ. ނުވަތަ އެއުޅަނދެއްގެ ވެރިފަރާތް ނުވަތަ އެ އުޅަނދަކާއި، ހަވާލުވެފައިވާ ފަރާތަކާއި މާފަރު ކައުންސިލާއި ދެމެދު، އެއްބަސްވާ ގޮތެއްގެ މަތިން، އެ އުޅަނދެއްގެ ވެރިފަރާތުން ނުވަތަ އެ އުޅަނދާއި، ހަވާލުވެފައިވާ ފަރާތުން، ޚަރަދުކޮށްގެން، ތޮށިގަނޑު މަރާމާތު ކުރަންވާނެއެވެ.

 

  1. ބަނދަރަށް ލިބޭ ގެއްލުން މަރާމާތުކޮށް ނުދިނުން

މި ޤަވާއިދުގެ 7 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ދެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް، އުޅަނދުގެ ވެރިފަރާތުން، ނުވަތަ އުޅަނދާއި، ހަވާލުވެފައިވާ ފަރާތުން ތޮށިގަނޑު މަރާމާތުރުން، މަރާމާތުކުރުމަށްވާފައިސާ ނުދީފިނަމަ، ޢަމަލުކުރާނީ، ތިރީގައި ބަޔާންކުރެވިފައިވާ ގޮތުން، ކުރެ ގޮތަކަށެވެ.

(ހ). ޝަރުޢީ ކޯޓެއް މެދުވެރިކޮށް، ހައްލުކުރުން

(ށ). އެ އުޅަނދުގެ ސަބަބުން، ބަނދަރު ހަލާކުވިތަން، އެ އުޅަނދަކަށް ޒިންމާވާ ފަރާތުން މަރާމާތު ކުރަންދެން، އެ އުޅަނދަށް ބަނދަރުންފުރައިގެން ނުދެވޭގޮތްހެދޭނެއެވެ. އަދި ބަނދަރުން ލިބޭ ޚިދުމަތް ނުލިބޭ ގޮތަށް ކަނޑައަޅައި، ތަންފީޒީ އިދާރާ (ފުލުހުން، ކައުންސިލް ނުވަތަ ބަނދަރު ހިންގައި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާ) ތައް މެދުވެރިކޮށް، އެކަން ތަންފީޒު ކުރުން

 

  1.  އެއްގަމަށް ވާ އެޅުމާއި ލޮތާރި އެޅުން 

(ހ). އުޅަނދުތަކުގެ ވާ އައްސަންވާނީ، ކައުންސިލްގެ ފަރާތުން ބަނދަރުގައި ވާ އެޅުމަށް، ނުވަތަ އެއްސުމަށް ކަނޑައަޅާފައިވާ އެއްޗެއްގައި ނުވަތަ ތަނެއްގައެވެ.

(ށ). އެއްވެސް އުޅަނދަކުން އެއްގަމަށް ލޮތާރި ނުވަތަ އެފަދައިން ބޭނުންކުރެވޭ އެއްޗެއް އަޅައިގެންނުވާނެއެވެ. 

  1. ބަނދަރު ވަކި ފަރާތަކަށް ޙާއްޞަކުރުން 

 (ހ). ކޮންމެ ބަނދަރެއްގައިވެސް ބަނދަރުގެ ޖާގަ އޮތް މިންވަރަކަށް ރިޢާޔަތްކޮށް ކައުންސިލްގެ ފަރާތުން ފީ ނަގާގޮތަށް ބަނދަރުގެ ވަކި ސަރަހައްދެއް ވަކި އުޅަނދަކަށް ޙާއްޞަކޮށްފައި ބޭއްވުމަށް ވަގުތީ ހުއްދަ އާއި ދާއިމީ ހުއްދަ ދިނުމާއި، ފައްތިޔާ ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ނ). މުދާ އަރުވައި ބޭލުމަށާއި، މީހުން އަރާ ފޭބުމަށާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް، ބަނދަރުގެ ވަކި ސަރަހައްދެއް ކަނޑައެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(ރ). މި މާއްދާގެ (ނ) ގައި ކަނޑައަޅާ ސަރަހައްދު ދާއިމީ ގޮތެއްގައި ބޭނުންކުރަންވާނީ ކައުންސިލްގެ ހުއްދަލިބިގެންނެވެ.

(ބ). މުދާ އަރުވައި ބޭލުމާއި، މީހުން އަރައި ފޭބުމާއި، ފެރީ އުޅަނދުތައް ގާތްކުރުމަށް ކައުންސިލުން ކަނޑައަޅާ ސަރަހައްދުގައި، އެނޫން އެހެން ބޭނުމަކު، އުޅަނދުފަހަރު ބޭއްވުމަކީ މަނާ ކަމެކެވެ.

 

  1. ފަޅުތެރޭގައި ވާ އެޅުން 

(ހ). ފަޅު ތެރޭގައި ވާ އެޅުމާއި، ލޮތާރި އެޅުން ފަދަ ކަންކަން ކުރަންވާނީ، ވާ އެޅުމާއި، ލޮތާރި އެޅުމަށް ކައުންސިލުން ކަނޑައަޅާ ޢާންމު އުސޫލާ އެއްގޮތަށެވެ.

(ށ). މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އުސޫލާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ، -/500 (ފަސްސަތޭކަ) ރުފިޔާ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، ހަތަރު ވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/3000 (ތިންހާސް) ޖޫރިމަނާ ކުރުން، އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް)ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު މި ޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ. 

 

 

  1. ރަސްމީ ފާލަން ނުވަތަ ޖެޓީ ސަރަހައްދު

(ހ). ރަސްމީ ޖެޓީ ނުވަތަ ރަސްމީ ފާލަމުގެ ބޭނުން ހިފުމަށް ދަތިވާ ގޮތަށް ފާލަން ނުވަތަ ޖެޓީ ކައިރީގައި އެއްވެސް އުޅަނދެއް އަޅާފައި ބާއްވައިގެން ނުވާނެއެވެ.

(ށ). ކައުންސިލުން ހުއްދަ ދޭ އުޅަނދުތައް ފިޔަވައި، އެހެން އުޅަނދު "ރަސްމީ ޖެޓީ" ނުވަތަ "ރަސްމީ ފާލަން" އަށް ކައިރިކޮށް ފަސިންޖަރުންނާއި، ފަސިންޖަރުންގެ ފޮށި ތަންމަތި އަރުވާ ބޭލުމަކީ މަނާ ކަމެކެވެ.

(ނ). މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ، -/500 (ފަސްސަތޭކަ) ރުފިޔާ އިން، ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، ހަތަރު ވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/3000 (ތިންހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު މި ޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

  1. ބަނދަރު ތެރޭގައި މަސް ކިރުން. 

(ހ). ބަނދަރު ތެރޭގައި އެއް އުޅަނދު އަނެއް އުޅަނދަށް މަސް ކިރުވަން ވާނީ، ބަނދަރު ތެރޭގައި މަސް ކިރުވުމަށް ކައުންސިލުން ޢާންމުކޮށްފައިވާ އުޞޫލުތަކާއި، އެއްގޮތްވާ ގޮތުގެ މަތިން، ކައުންސިލަށް ހުށަހަޅައި، ލިޔުމުން ނުވަތަ އަނގަބަހުން ވެރިއެއްގެ ހުއްދަ ހޯދައިގެންނެވެ. މިކަމަށް ބޭނުންކުރަންވާނީ މަސްކަޑައިގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެވެ.
(ށ). މަސްކިރުމުގެ ތެރޭގައިވެސް ބަނދަރުތެރެއަށް ކުންޏާއި، މަހުގެ ބާވަތްތަކާއި، މި ނޫންވެސް މިފަދަ ތަކެތި އެޅުމަކީ، މަނާކަމެކެވެ.

(ނ). މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ، -/500 (ފަސްސަތޭކަ) ރުފިޔާ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، ހަތަރު ވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/3000 (ތިންހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު މި ޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

  1. ފަތުރުވެރިންގެ އުޅަނދު ފަހަރު 

(ހ). ފަތުރުވެރިން ދަތުރުކުރާ ސަފާރީ އަދި ޔޮޓްތައް، މާފަރު ބަނދަރަށް ވަދެ ނިކުމެ ހަދަންވާނީ، ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. މިގޮތުން ވަންނަ އުޅަނދު ފަހަރު ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް) ގަޑިއިރަކަށް -/50 (ފަންސާސް) އެމެރިކާ ޑޮލަރު ނުވަތަ -/50 (ފަންސާސް) އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ، އެ އުޅަނދަކުން ކައުންސިލަށް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑިއިރު ހަމަނުވިކަމުގައިވިޔަސް، ފައިސާ ނަގާނީ، 24 (ސައުވީސް) ގަޑިއިރަށެވެ.

(ށ). ފަތުރުވެރިން ދަތުރުކުރާ އުޅަނދު ބަނދަރުގެ ނެރުން ވަނުމަށް ފަހު، އުޅަނދު ނެރުން ނިކުންނަންދެން، އޭގައި ތިބި ފަސިންޖަރުންނާއި، ފަޅުވެރިން ޢާންމުކޮށް ފެންނަ ގޮތަށް އުޅަނދުގައި ތިބެންޖެހޭނީ، އެކަށީގެންވާ ހެދުމެއްގައެވެ.

(ނ). މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ، -/500 (ފަސްސަތޭކަ) ރުފިޔާ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރ ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، ހަތަރު ވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/3000 (ތިންހާސް)ރުފިޔާ އިން ޖޫރިމަނާ ކުރުން، އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު މި ޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

 

  1. ޙާއްޞަ ޙާލަތެއްގައި އުޅަނދު އަޅާފައިވާ ސަރަހައްދުން ނެގުން 

(ހ). ޙާއްޞަ ޙާލަތެއް މެދުވެރިވެގެން، ކައުންސިލްގެ ފަރާތުން، އުޅަނދެއް އޮތް ތަނުން، ނަގަން ބޭނުންވެއްޖެ ނަމަ، އެ އުޅަނދެއް ނަގަން ޖެހޭ ޙާއްޞަ ޙާލަތް ބަޔާންކޮށް ލިޔުމަކުން އުޅަނދުގެ ވެރިފަރާތަށް އެކަން އަންގަންވާނެއެވެ.

(ށ). މި މާއްދާގެ ބޭނުމަށްޓަކައި، ޙާއްޞަ ޙާލަތްތަކުގައި އަންނަނިވި ކަންތައްތަކަށް ބެލެވިދާނެއެވެ.

1. ވަކި ރަސްމިއްޔާތަކާއި ގުޅިގެން، އެ އުޅަނދު އޮތް ސަރަހައްދު ހުސްކުރުން

2. ބޮޑު އުޅަނދެއް ބަނދަރަށް ވަންނަން ޖެހުން

3. ބަނދަރުތެރެ ސާފުކުރުމަށް ރޭވިފައިވާ ހަރަކާތެއްގެ ދަށުން ކުރެވޭ ކަމަކާއި ގުޅިގެން

4. ބަނދަރު މަރާމާތު ކުރުމަށް ކުރަންޖެހޭ ކަމަކާއި ގުޅިގެން، އުޅަނދު ނަގަން ޖެހުން

މި ގޮތަށް ޙާއްޞަ ޙާލަތުތަކުގެ ގޮތުގައި ބަޔާންކުރެވުނު ކަންކަމުގައި، އިމަރޖެންސީ ޙާލަތެއްގައި، ނަގަންޖެހޭ ޖެހުން، އިސްތިސްނާވާނެއެވެ.

(ނ). މި މާއްދާގެ (ހ) ގައި ބުނެފައިވާ އެންގުން އެ އުޅަނދުގެ ވެރިފަރާތް ނުވަތަ އުޅަނދު ހަވާލުވެހުރި ފަރާތަކާއި، ހަވާލު ކުރުމުން، ނުވަތަ އެއިން މީހަކު ނެތްނަމަ އެ އުޅަނދުގެ ފަޅުވެރިޔަކާއި، ހަވާލު ކުރުމުން، ފަޅުވެރިއަކުވެސް ނެތްނަމަ، ނުވަތަ އެ ނޯޓިސްއާއި ހަވާލުވުމަށް އުޒުރުވެރިވާނަމަ، އެ އުޅަނދުގައި، އެ ލިއުން، ޢާންމުކޮށް ފެންނަގޮތަށް ހަރުކުރުމުން، އެ އުޅަނދު ނެގުމަށް އެންގުނީ، ކަމަށް ބަލަންވާނެއެވެ،

(ރ). މި މާއްދާގެ (ހ)، (ށ). އަދި (ނ) ގައިވާ ގޮތުގެ މަތިން، އެ އުޅަނދެއް ނަގަން އެންގުމުން، އެ އެންގުމާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަޞޭހަތް ދިނުން، ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ، -/500 (ފަސްސަތޭކަ) ރުފިޔާ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް ) ރުފިޔާ އިން ޖޫރިމަނާ ކުރުން، ހަތަރު ވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/3000 (ތިންހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު މި ޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

  1.  ބަނދަރާއި، ބަނދަރު ސަރަހައްދަށް ކުނިއެޅުން.

(ހ). އެއްވެސް އުޅަނދަކުން ނުވަތަ އެއްވެސް ފަރާތަކުން، ފަޅު ތެރެއަށާއި، ބަނދަރާއި، ބަނދަރު ސަރަހައްދަށް ކުނިފަދަ ތަކެތި އެޅުމާއި، މަހުގެ އުކާލެވޭ ބައިތަކާއި، ކަރުގޮހޮރު ފަދަ ތަކެތި، އެޅުމަކީ މަނާ ކަމެކެވެ. އަދި ބަނދަރާއި، ބަނދަރު ސަރަހައްދަށް ޤަޟާހާޖާތް ކުރުމަކީވެސް މަނާކަމެކެވެ.

(ށ). އުޅަނދުގެ އަޑީގައި ހުންނަ ތެޔޮ އެކުލެވޭ ނުވަތަ ތެޔޮ ފަދަ އެއްޗަކާއި، ތަޣައްޔަރުވެފައިވާ ފެން ނުވަތަ ދިޔަގަނޑު ބަނދަރުތެރެއަށް ހިއްކުމަކީ މަނާކަމެކެވެ.

(ނ). މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ، -/500 (ފަސްސަތޭކަ) ރުފިޔާ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް)ރުފިޔާ އިން ޖޫރިމަނާ ކުރުން، ހަތަރު ވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/3000 (ތިންހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު މި ޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

  1.  ބަނދަރު ސަރަހައްދުގައި މަސް ވިއްކުމާއި މަސް ކެނޑުން.

(ހ). މަސް މާރުކޭޓު ފިޔަވައި، ބަނދަރުގެ އެހެން އެއްވެސް ތަނެއްގައި، އެއްވެސް ބާވަތެއްގެ މަހެއް ނުވަތަ މަސްތަކެއް ކެނޑުމާއި ވިއްކުމަކީ މަނާ ކަމެކެވެ.

(ށ). މަސް މާރުކޭޓަށް މަސް ގެންދިއުމުގައި، ނުވަތަ އުފުލުމުގައި، ބަނދަރުގެ އެއްގަމު ތޮއްޓާއި، ބަނދަރު ސަރަހައްދުގައި، އަޅާފައިވާ ގާތަށް، ހަޑިވާގޮތަށް އެކަން ކުރުމަކީ، މަނާކަމެކެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ، އެ ހަޑިވިތަނެއް ސާފުކުރުމަކީ، އެކަން ކުރި ފަރާތުން ކުރަން ޖެހޭ ކަމެކެވެ.

(ނ). މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ، -/500 (ފަސްސަތޭކަ) ރުފިޔާ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރ ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، ހަތަރު ވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/3000 (ތިންހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު މި ޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

  1.  ބަނދަރުތެރޭގައި އެންކޮށްޓާއި ދިރޭމަސް ގެންގުޅުން 

(ހ). ބަނދަރު ތެރޭގަޔާއި، ބަނދަރު ސަރަހައްދުގައި އެން ކޮށްޓާއި، ދިރޭމަސް ކޮށީގައި ބެހެއްޓޭނީ ކައުންސިލްގެ ހުއްދަނަގައިގެންނެވެ.

(ށ). މި މާއްދާގެ (ހ) ގައި އެހެން ބުނެފައިވީ ނަމަވެސް މޫސުމީ މަސްވެރިކަމަށް މަސްވެރިން ގެންގުޅޭ ދިރޭމަސް ދޯނީގައްޔާއި، ހަރުކޮށްފައި ހުންނަ ދާތަކުގައި، ވަގުތީ ގޮތަށް ގެންގުޅުމަކަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ. އަދި މި ގޮތަށް މަސް ގެންގުޅެންވާނީ، އެހެން ފަރާތަކަށް އުނދަގޫ ނުވާނެ ގޮތަށެވެ.

(ނ). މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ، -/500 (ފަސްސަތޭކަ) ރުފިޔާ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރ ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، ހަތަރު ވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/3000 (ތިންހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު މި ޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

  1.  ބަނދަރު ސަރަހައްދުގެ ފަޅު ތެރެއަށް ފެތޭ އުޅަނދު

(ހ). ބަނދަރު ސަރަހައްދުގެ ފަޅުތެރެއަށް އުޅަނދެއް ފެތިއްޖެނަމަ، ނުވަތަ އަޑިއަށް ގޮސްފިނަމަ، އެ އުޅަނދެއް ގިނަވެގެން، 48 (ސާޅީސް އަށެއް) ގަޑިއިރު ތެރޭގައި ނަގަންވާނެއެވެ. އަދި އުޅަނދެއް ބަނދަރު ސަރަހައްދަށް ފެތިފައި ނުވަތަ އަޑިއަށް ގޮސްފައި އޮވެ، 5 (ފަހެއް) ދުވަހަށްވުރެ އިތުރުވެއްޖެނަމަ، އެ އުޅަނދެއް ނެގުމަށް ކައުންސިލްގެ ފަރާތުން އެ އުޅަނދެއްގެ ވެރިފަރާތަށް ނުވަތަ އެ އުޅަނދަކާއި، ހަވާލުވެހުރި ފަރާތަކަށް އަންގަންވާނެއެވެ. އަދި އުޅަނދުގެ ވެރިފަރާތް ނުވަތަ ހަވާލުވެހުރި، ފަރާތް ނޭނގޭނަމަ، އެ ފަރާތެއް ހޯދުމަށްޓަކައި، ޢާންމުކޮށް އިޢުލާން ކުރަންވާނެއެވެ.

(ށ). މި މާއްދާގެ (ހ) ގައިވާ ގޮތަށް އަންގާތާ ނުވަތަ އިއުލާން ކުރާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ ހަވާލުވެ ހުރި ފަރާތުން އެއްވެސް ޚަބަރެއް ނުވެއްޖެނަމަ، ނުވަތަ އެ ފަރާތް އެނގިގެން މި މާއްދާގެ (ހ) ގައިވާ އެންގުން އެންގުމަށްފަހު، ވެސް އުޅަނދު އޮތް ސަރަހައްދުން، ނުނަގައިފިނަމަ، އެ އުޅަނދެއް ބަނދަރު ސަރަހައްދުން ނަގައި، ކައުންސިލުން ކަނޑައަޅާ ތަނަކަށް، ގެންދިއުމުގެ ހުއްދަ، ކޯޓު އަމުރެއްގެ ދަށުން، ހޯދައއި އެތަނަކަށް އުޅަނދު ގެންދަންވާނެއެވެ. އަދި މިގޮތަށް ގެންދާ ގެންދިއުމުގައި، އުޅަނދަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުގެ ފަރާތުން ޒިންމާވާކަށް ނުޖެހޭނެއެވެ.

(ނ). މި މާއްދާގެ (ށ) ގައިވާ އުޞޫލުން ނެގޭ އުޅަނދުތައް ނެގުމަށާއި، އުޅަނދުގެ ވެރިފަރާތް ހޯދުމަށް އިޢުލާން ކުރުމަށާއި، އުޅަނދު އެ ސަރަހައްދުން، ނެގުމަށް ދިޔަ ޚަރަދާއި، އެ އުޅަނދަށް އިތުރުން އެއްވެސް ފީއެއް ދައްކަންޖެހި، ނުދައްކާވާނަމަ، އަދި ޖޫރިމަނާއެއް ކުރެވި، އެ ފައިސާ ނުދައްކައިވާނަމަ، އެ ފައިސާތައް ދައްކައި، ޙަލާޞްކޮށް، ފައިސާ ދެއްކި ކަމުގެ ލިޔުމާއި، އެ އުޅަނދާބެހޭ ރަސްމީ ލިޔުއްތައް ހުށަހެޅުމުން، އެ އުޅަނދެއް އުޅަނދުގެ ވެރިފަރާތާއި ހަވާލުކުރަން ވާނެއެވެ.

(ރ). އުޅަނދު ނަގާތާ 15 (ފަނަރަ) ދުވަސްވުމުން، ދެން އުޅަނދެއް ދޫކުރެވޭނީ، މި މާއްދާގެ (ނ) ގައިވާ ފީއާއި، ޖޫރިމަނާގެ އިތުރުން، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް -/75 (ހަތްދިހަ ފަހެއް) ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ފަހުގައެވެ. އަދި މިގޮތުން ނެގޭ އުޅަނދެއް ނުގެންގޮސް 6 (ހައެއް) މަސްދުވަހުގެ މުއްދަތަށްވުރެ އިތުރުވެއްެޖެނަމަ، އެ އުޅަނދެއް ނައްތާލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއްކާލުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތަށް ކަންތައް ކުރާނީ، އާންމުކޮށް، އިޢުލާން ކުރުމަށްފަހު، ކޯޓު ޢަމުރެއްގެ ދަށުންނެވެ.

(ބ). މި މާއްދާގެ (ރ) ގެ ދަށުން، ނައްތާލެވޭ އުޅަނދުތައް، ޖޫރިމަނާއާއި، ފީގެ ގޮތުގައި، ދައްކަންޖެހޭ ފައިސާ ހޯދުމަށް އެ އުޅަނދުގެ ވެރިފަރާތާއި މެދު ދަޢުވާ ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

  1. މި ޤަވާއިދުގެ ދަށުން ފަޅުތެރެއިން ނެގޭ އުޅަނދުތައް ނެގުމުގައި ޢަމަލުކުރާނެގޮތް

(ހ). މި ޤަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން، ބަނދަރު ސަރަހައްދުން، ނަގާ އުޅަނދުތައް ނެގުމުގެ ކުރިން، ތިރީގައިވާ ގޮތަށް ޢަމަލު ކުރަންވާނެއެވެ.

1. އުޅަނދު އޮތް ތަނުން، ނެގުމުގެ ކުރިން ފޮޓޯ ނުވަތަ ވީޑިޔޯ ނެގުން

2. އުޅަނދު ނެގުމުގެ ކުރިން، އުޅަނދު އޮތް ޙާލަތު ބަޔާންކުރާ ރިޕޯޓެއް ތައްޔާރުކޮށް، ރިޕޯޓު ތައްޔާރު ކުރި ފަރާތާއި، އެ އުޅަނދުގެ ޙާލަތު ވަޒަންކުރި، ކައުންސިލްގައި ނުހިމެނޭ އިތުރު ދެ މީހަކު ހެކީންގެ ގޮތުގައި، ރިޕޯޓުގައި ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ށ). މި މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ރިޕޯޓު އެކުލަވާ ލުމުގައި، މާފަރު ޕޮލިސް ސްޓޭޝަންގެ ނުވަތަ މާފަރުގައި ޤާއިމުވެ ތިބޭ ފުލުހުންގެ އެހީތެރިކަން ހޯދަންވާނެއެވެ.

  1.  ފަޅުތެރޭގައި އުޅަނދު ދުއްވަން ޖެހޭ ސްޕީޑް

ބަނދަރު ސަރަހައްދުގެ ފަޅު ތެރޭގައި، އުޅަނދު ބާއްވަންވާނީ، ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކަށް އެންމެ އެކަށީގެންވާ މިންވަރަށް ރައްކާތެރިވެގެންނެވެ. މިގޮތުން ގަޑިއަކު 4 ނޯޓިކަލް މޭލަށްވުރެ، ބާރު ސްޕީޑެއްގައި، ފަޅުތެރޭގައި، އުޅަނދު ދުއްވުމަކީ، މަނާކަމެކެވެ.

  1.  ބަނދަރު ސަރަހައްދުގައި އޮޑިދޯނި ފަހަރު މަރާމާތު ކުރުން

ބަނދަރު ސަރަހައްދުގައި އެއްވެސް އުޅަނދެއް މަރާމާތު ކުރަންވާނީ، މާފަރު ކައުންސިލް އިދާރާގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. އަދި މިފަދަ ހުއްދައަށް އެދި އެކަށީގެންވާ ސަަބަބާއި އެކު އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، މި ޤަވާއިދުގެ ދަށުން، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުގެ މަތިން އެ މަސައްކަތް ކުރުމުގެ ހުއްދަ ލަސްނުކޮށް ދޭންވާނެއެވެ.

  1.  ސަބަބެއް ނެތި ބަނދަރުގައި އަޅާފައި ބަހައްޓާ އުޅަނދުތައް

(ހ). އެކަށީގެންވާ ސަަބަބެއް ނެތި، އުޅަނދުފަހަރު ބަނދަރުގައި އަޅާފައި، ބޭނުންނުކޮށް ބެހެއްޓޭނީ، އެންމެ ގިނަވެގެން، 7 (ހަތެއް) ދުވަހުގެ މުއްދަތަށެވެ.

(ށ). މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދިމާވެއްޖެ ޙާލަތެއްގައި، ކައުންސިލަށް ލިޔުމަކުން، ހުށަހަޅައިގެން، ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ މަތިން، އިތުރު މުއްދަތެއް ދެވިދާނެއެވެ. އަދި މުއްދަތު އިތުރުކުރިކަން އަންގައި ކައުންސިލުން ދޭ ލިޔުން އާންމުކޮށް ފެންނާނޭ ގޮތަށް އުޅަނދުގައި، ހުންނަންވާނެއެވެ.

(ނ). މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތްތަކުގެ އުޅަނދު ފަހަރު، ބަނދަރުގައި އޮންނަ ކޮންމެ 24 (ސައުވީސް ) ގަޑީއިރަކަށް -/100 (ސަތޭކަ) ރުފިޔާގެ ފީއެއް ކައުންސިލަށް ނެގޭނެއެވެ. އަދި 24 (ސައުވީސް) ހަމަ ނުވެ އޮންނަ ވަގުތަށްވެސް ފީ ނެގޭނީ 24 (ސައުވީސް) ގަޑިއިރަށެވެ.

  1.  މި ޤަވާއިދުގެ ދަށުން ކަނޑައަޅާ އުޞޫލުތައް

 

 

 

  1. ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކްކުރުން

 

 

މި ޤަވާއިދު ނަގަހައްޓާ ހިންގުމަށްޓަކައި، ކައުންސިލްގެ އިހުތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކާއި، ގުޅޭ ގޮތުން، ހަދަން ޖެހޭ އުޞޫލުތައް ހަދައި، އެ އުޞޫލުންތައް އާންމުކޮށް، ޝާއިޢުކުރަންވާނެއެވެ. އަދި މި ޤަވާއިދުގައި ނެތްކަމެއް ދިމާވެއްޖެނަމަ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން، އެކަމެއްގައި ގޮތެއް ކަނޑައެޅުމުގެ ބާރު މާފަރު ކައުންސިލަށް ލިބިގެންވެއެވެ.

 

ބަންދަރު ސަރަހައްދުގައި އެގަމު އުޅަނދު ޕާކްކުރަންވާނީ ކައުންސިލްއިން ކަނޑައަޅާ ސަރަހައްދެއްގައިއެވެ. ޕޭމަންޓްމަތީގައާއި މީހުން އަރާފޭބުމައް ހާއްސަކުރެވިފައިވާ ސަރަހައްދުގައި ޕާކްކުރުމަކީ މަނާކަމެކެވެ.

މި މާއްދާއާއި ޚިލާފުވާ ފަރާތް ނުވަތަ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތް ދިނުން، ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ، -/500 (ފަސްސަތޭކަ) ރުފިޔާ އިން ޖޫރިމަނާ ކުރުން، ތިންވަނަ ފަހަރ ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، ހަތަރު ވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/3000 (ތިންހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުން، އަދި ހަތަރު ވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރު ކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް) ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު މި ޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

 

 

 

 

 

  1. ބަނދަރުން ވަގުތީ ބިމާއި ފެނާއި ކަރަންޓްގެ ޙިދުމަތް ހޯދުން:

 

 

 

 

 

  1. މާނަކުރުން

 

 

(ހ). ކައުންސިލްއިން ފޯރުކޮށްދޭ ފެނުގެ ޙިދުމަތް ޙޯދުމުގައި 1ގަޑި އިރަށްވުރެ އިތުރުވާނަމަ ގަޑިއިރަކަށް 50ރ ދަށްކަންޖެހޭނެއެވެ. އަދި ހޮޅި ގުޅާފައި އޮންނަވަގުތު ގުނޭނީ ބޭނުންކުރާވަގުތހުގެގޮތުގައެވެ.

(ށ). ކަރަންޓްގެ ޙިދުމަތް ދޫކުރެވޭނީ ދުވާލަކަށް 100ރ ކައުންސިލްގެ ހުއްދައާއެކު މާފަރުގައި ރެޖިސްޓްރީ ކުރެވިފައިވާ އުޅަނދުފަހަރާއި މާފަރުގައި ރެޖިސްޓްރީ އޮންނަފަރާތްތަކުން ދުއްވާ އުޅަނދުފަހަރެވެ. ރަށުން ބޭރު އުޅަންދުފަހަރަށް ކަރަންޓްގެ ޙީދުމަތްލިބޭނީ ދުވާލަކަށް 200ރ ރޭޓުންނެވެ. މިހިދުމަތްދޫކުރެވޭނީ ފައިސާދެއްކުވުމުންނެވެ.

(ނ). ބަނދަރު ސަރަހައްދުން ވަގުތީގޮތުން ބިން ދޫކުރެވޭނީ އަކަފޫޓަކަށް މަހަކު 1ރ ގެ ރޭޓުން އަގުނަގާގޮތަށެވެ. މިގޮތަށް ބިން ހޯދުމަށްޓަކައި ކައުންސިލްއަށް ލިޔުމުން ހުށައަޅައި ލިޔުމުން ހުއްދަހޯދަންވާނެއެވެ.

 

 

 

މި ޤަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، އަންނަނިވި ބަސްތަކާއި، އިބާރާތްތައް މާނަ ކުރާނީ ތިރީގައިވާ ގޮތަށެވެ.

(ހ). "ކައުންސިލް" މި ޤަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ކައުންސިލް ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިހާބުކޮށްފައިވާ މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލަށެވެ.

(ށ). "ތަންފީޒީ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ފުލުހުންނާއި، ކައުންސިލާއި، ބަދަރު ހިންގައި ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފަރާތްތަކަށެވެ.

(ނ). "މޫދަށް އެރިއުޅުން" ކަމަށް ބުނެފައިއެވަނީ، ކަމެއް ނެތި ހުސްވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައި، ނުވަތަ މަޖާކޮށްލުމުގެ ބޭނުމުގައި، މޫދަށް އެރި އުޅުން ފަދަ ކަންކަމަށެވެ. ކުއްލި ހާދިސާއެއް ދިމާވެގެން ނުވަތަ ކައުންސިލްގެ ހުއްދަ ލިބިފައިވާ މަސައްކަތެއް ކުރުމަށް މޫދަށް އެރުން މި މާނައިގެ ތެރޭގައި ނުހިމެނެއެވެ.

(ރ). "ވަގުތީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ކައުންސިލުން އެއްވެސް ފަރާތަކަށް ބަނދަރު ސަރަހައްދުގައި ވަކިކަމެއް ކުރުމަށް 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ދެވޭ ހުއްދަ އަށެވެ.

(ބ). "ދާއިމީ ހުއްދަ" ކަމަށް ބުނެފައި އެވަނީ، ކައުންސިލުން، އެއްވެސް ފަރާތަކަށް ބަނދަރު ސަރަހައްދުގައި ވަކިކަމެއް ކުރުމަށް 1 (އެކެއް) މަސްދުވަހާއި، 12 (ބާރަ) މަސް ދުވަހާއި، ދެމެދުގެ މުއްދަތަކަށް ދެވޭ ހުއްދަ އަށެވެ.

(ޅ). "ރަސްމީ ޖެޓީ" ކަމަށް ބުނެފައި އެވަނީ، ކައުންސިލުން ރަސްމީ ޖެޓީ ކަމުގައި ކަނޑައަޅައި އާންމުކޮށް އިޢުލާންކޮށްފައިވާ ޖެޓީއަށެވެ.

(ކ). "އެކަށީގެންވާ ހެދުން" ކަމަށް ބުނެފައި އެވަނީ، އެތަނެއްގެ ބަޔަކު ޢާންމުކޮށް އަޅައި އުޅޭ ނުވަތަ އެއާއި އެއްގޕތް އެހެން ހެދުމަކަށެވެ.

(އ). "ބަނދަރު ސަރަހައްދު" ކަމަށް ބުނެފައިއެވަނީ، މި ޤަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކައުންސިލުން ޢާންމުކޮށް އިޢުލާން ކުރާ ސަރަހައްދަށެވެ.

(ވ). މި ޤަވާއިދުގައި ބޭނުންކުރެވިފައިވާ ބަސްތައް ތަފްސީރު ކުރުމުގައި މީހުންނާއި، ފަރާތްތަކުގެ މާނާގައި، ކުންފުނި، ގުރޫޕް، އޮފީސް، ޖަމްޢިއްޔާ، ޖަމާޢަތްތައް ފަދަ ތަންތަން ހިމެނޭނެއެވެ. އަދި ވަކިވަކި، ފަރުދަކަށް ނުވަތަ އެއްޖިންސަކަށް ބޭނުންކުރެވިފައިވާ ބަސްތައެް އެބަހެއް ބޭނުންކުރެވިފައިވާ ޙާލަތަށް އެކަށީގެންވާ ގޮތަކަށް ރިޢާޔަތްކޮށް، ގިނަ މީހުންނަށް ނުވަތަ ދެ ޖިންސް އެކުލެވޭ ގޮތަށް މާނަކުރެވިދާނެއެވެ.

 

 

 

 

 

 

06 ސެޕްޓެންބަރު 2022
ހޯދާ