ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުންޔަށް ބޭނުންވާ މެކޭނިކަލް ފައިލިންގް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

                                     އިޢުލާން ނަންބަރ: H/IUL/2022/181

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންޔަށް ބޭނުންވާ މެކޭނިކަލް ފައިލިންގް ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2022 ސެޕްޓެންބަރު 11 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. 

މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. 

މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު: 

އަގަށް: 85 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×85

މުއްދަތު: 10 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު ×10

ތަޖުރިބާ: 05 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ. 

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2022/181

ބިޑް ހުޅުވުން:ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ސެޕްޓެންބަރު 14 ވާ ބުދަ ދުވަހުގެ 11:00  ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.

10 ޞަފަރު 1444     

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338156 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
05 ސެޕްޓެންބަރު 2022
ހޯދާ