ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ބޭނުމަށް ގެއެއް ކުއްޔަށް ހިފުމާއިގުޅޭ؛

މަޑަވެލި-ހޯނޑެއްދޫ ކޯސްވޭ ޕްރޮޖެކްޓްގެ މަސައްކަތްކުރުމަށް އެމްޓީސީސީގެ މުވައްޒަފުން ތިބުމަށްޓަކައި މަސައްކަތްކުރާ ސަރަޙައްދާއި ކައިރިން 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގރޫމް، އަދި ބަދިގެ( ކާތަންހިމެނޭގޮތަށް) ގެއެއް އެއްއަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އެކުންފުނިން ބޭނުންވެއެވެ.

ވީމާ، ގެ ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ ލިއުންތައް

(ހ) ވެރިފަރާތުގެ އައިޑީކާޑްގެ ދެފުށުގެ ސާފު ކޮޕީ

(ށ) ޢިމާރާތް މަހު ކުއްޔަށް ދިނުމަށް ހުށަހަޅާ އަގު ބަޔާންކޮށްފައިވާ ލިޔުން

(ށ) އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ވެރިފަރާތުން ސޮއިކޮށްފައިވާ ސިޓީ (ކޮންސެންޓް ލެޓަރ)

އަންދާސީ ހިސާބް ހުޅުވުން

(ހ) އަންދާސީ ހިސާބު ހުޅުވުންއޮނާނާނީ 2022 ސެޕްޓެމްބަރ 11 ވަނަ ދުވަހުގެ 13:00 ވަނަ ދުވަހު ގދ. ހޯނޑެއްދޫ ކައުންސިލް އިދާރާގައި، އަންދާސީ ހިސާބުހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

(ށ) އަންދާސީ ހިސާބު ހުޅުވާ ބައްދަލުވުމުގައި ހުށަހަޅާ އެއްވެސް ލިޔެކިއުމަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި ޢިއުލާންއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީގަޑީގައި 6840015 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ސެޕްޓެންބަރު 2022
ހޯދާ