ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މަޑަވެލި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ގދ.މަޑަވެލި މަސްޖިދުލްބަރަކާތު މިސްކިތުގެ މިޙްރާބުގެ ބޮޑުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

ވީމާ، މިކަމަށްޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތުން ޙާޒިރުވެވެން ނެތްނަމަ، ވެރިފަރާތުގެ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ސިޓީއެއް ފޮނުވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާންޖެހޭ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމެއް ނޯންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

ތަން

ވަގުތު

ދުވަސް

ތާރީޚް

 

މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

13:00

އަންގާރަ

13 ސެޕްޓެމްބަރ 2022

މަޢުލޫމާތު ދިނުން

10:00

ހޯމަ

19 ސެޕްޓެމްބަރ 2022

ބީލަން ހުށަހެޅުން

 

 

 

 

 

 މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ސެޕްޓެންބަރު 2022
ހޯދާ