ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސުޕަވައިޒަރ

ސުޕަވައިޒަރ
ތިލަފުށި އެންޑް ގުޅީފަޅު އޮޕަރޭޝަންސް

ވަޒީފާއަދާކުރަންޖެހޭ ތަން: ތިލަފުށި

ތައުލީމީ ފެންވަރާއި ތަޖުރިބާ:
ގްރޭޑް 10 ނިންމާފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:
ތިލަފުށީގެ ޖެޓީ އަދި ހާބަރު ސުޕަވައިޒްކޮށް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ސުޕަވައިޒަރުގެ ލަފާޔާއި އެއްގޮތްވާގޮތުގެ މަތިން ތިލަފުށީގެ ހާބަރު އަދި ޖެޓީގެ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވެދިނުން.
  • ޝިޕްމަންޓް މެނިފެސްޓް ތައްޔާރުކުރުކުރުމާއި ޖެޓީ ލޮގްތައް ބަލެހެއްޓުން.
  • ޖެޓީ ޕޯސްޓް އޮފިސަރުންނަށް މަސައްކަތް ހަވާލުކުރުމާއި މަސައްކަތްތައް މޮނީޓާކޮށް ސުޕަވައިޒްކުރުން.
  • ޝިފްޓް ބަދަލުވާއިރު ނުނިމިހުރި މަސައްކަތްތައް ޑިއުޓީއަށް އަންނަ މުވައްޒަފަށް ކިޔައިދީ ޝިފްޓް ނިމުމުން ލިބުނު ފައިސާއާއި ހަވާލުވެ، ފައިސާއާއި ބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ސެކްޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްސްތަކާއި ޓީ-ޖެޓީގެ އޮޕަރޭޝަނަލް މަސައްކަތްތަކާއި ކުނިކަހާ ސާފުކުމުގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  • މަސައްކަތައް މުވައްޒަފުން ކަނޑައަޅައި، ބޭނުންވާ ސާމާނާއި ޓޫލްސްފަދަ ތަކެތި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހޯދުމާއި އަދި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.
  • ޕޭމަންޓްތަކުގެ ރުފިޔާ އަދި ރިސިޕްޓްތަކާއި ހަވާލުވެ، ރުފިޔާގެ އަދަދުތަށް ދިމާވޭތޯ ރަނގަޅަށް ބަލައި ޗެކްކުރުން.
  • މަސައްކަތްތައް ކުރިއަށްދިޔަގޮތުގެ ރިޕޯރޓް ޝެކްޝަންގެ އިސްވެރިޔާއަށް ރިޕޯރޓްކުރުން.
  • މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ދިމާވާ އެކިކަހަލަ މައްސަލަތައް ހައްލުކުރުމާއި އަދި މިފަދަ މައްސަލަތައް ސެކްޝަނުގެ އިސްވެރިޔާއަށް ރިޕޯރޓްކުރުން.
  • މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
  • ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
  • މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
  • 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 13500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
  • އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ޕޮލިސް ރިޕޯޓް


މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 7 ސެޕްޓެމްބަރ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: (https://jobs.hdc.com.mv/)

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

31 އޮގަސްޓް 2022
ހޯދާ