މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނާއި، މިސިނާޢަތަށް ފާހަގަކޮށްލެވޭ އިސްދައުރެއް އަދާކުރަށްވާފައިވާ ބޭފުޅުންގެ މަޢުލޫމާތު އެއްކުރުމާއިގުޅޭ

އިޢުލާން

 

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކާއި، ދިގު މުއްދަތުގެ ޚިދުމަތުގައި ތިއްބެވި ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް މުހިއްމު ކުރިއެރުމެއް ގެނައުމުގައި އިސްދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު، އެއްކޮށް އެކުލަވާލުމުގެ މަސައްކަތް މިމިނިސްޓްރީއިން މިދަނީ ކުރަމުންނެވެ. މިގޮތުން ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މިމަޢުލޫމާތު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އާއްމުންގެ ފަރާތުންވެސް މިމަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ.

 

އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކާއި، މިދާއިރާގައި ފާހަގަކޮށްލެވޭ މުހިއްމު ދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު، 4 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

ލިންކް: https://tinyurl.com/yc53zrwj

29 އޮގަސްޓް 2022
ހޯދާ