ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް/ޕްރެޒިޑެންޝަލް ގާޑްސްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމަށްޓަކައި، މިދަންނަވާ މަގާމަށް މުވައްޒަފަކު ބޭނުންވެއެވެ.
|
މަގާމު |
ފަޅުވެރި / ޕްރެޒިޑެންޝަލް ގާރޑްސް |
|
ބޭނުންވާ ޢަދަދު |
2 (ދޭއް) |
|
މުސާރަ |
މަހަކު 4,465.00 ރުފިޔާ |
|
ސަރވިސް އެލަވަންސް |
މަހަކު 1,500.00 ރުފިޔާ |
|
ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން |
މާލެ، |
|
އިތުރު ޢިނާޔަތްތައް |
މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ. |
|
ފެންވަރު ނުވަތަ ޝަރުޠު |
|
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
|
|
މަގާމު: |
މަސައްކަތު |
|
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
|
މުސާރަ: |
4,865.00 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
1,000.00 ރުފިޔާ |
|
ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން |
މާލެ، |
|
އިތުރު ޢިނާޔަތްތައް |
މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ބަންދު ދުވަހުގެ އެލަވަންސާއި، ޝިފްޓް ޑިއުޓީ އެލަވަންސް، ދަތުރު އެލަވަންސް، އަދި ރާއްޖެތެރެއަށްކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުސޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ. |
|
ފެންވަރު ނުވަތަ ޝަރުޠު |
އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން. |
|
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
ޕީ.ޖީގެ އެންމެހާ ޢިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތު ކުރުމާއި، ފާޚާނާ ތަކާއި ޖަންކްޝަންތައް ސާފުކޮށް ބެލެހެއްޓުން. އަދި ގަސްތައްކޮށާސާފުކޮށް ގަސްތަކަށް ފެންދީ ބެލެހެއްޓުމާއި ވެހިކަލްތައް ސާފުކޮށް ބެލެހެއްޓުން. |
|
އިތުރު މަޢުލޫމާތު |
ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2022 ސެޕްޓެންބަރު 1 ވާ ބުރާސްފަތި ދުވަހު 14.00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި މިނިސްޓްރީއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ. |
27 މުޙައްރަމް 1444
