ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އައިސީޓީ އޮފިސަރ (މީދޫ މެޖިސްޓެރޭޓް ކޯޓު)

ވަޒީފާގެ ފުރުޞަތު

ނަންބަރު:198A/2022/117 

ތާރީޚް: 23 އޮގަސްޓު 2022

މަޤާމު

އައިސީޓީ އޮފިސަރ

ރޭންކް: އެމް.އެސް 1

ޢަދަދު

01

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

އައްޑުއަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓު (އައްޑުއަތޮޅު މީދޫ ކްލަސްޓަރ ކޯޓުތައް)

އަސާސީ މުސާރަ

-/5,610 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

-          ޖުޑީޝަލް އެލަވަންސް: -/1,683 (އަސާސީ މުސާރައިގެ %30)

-          ސަރވިސް އެލަވަންސް: -/2,000

-          ލިވިންގ އެލަވަންސް: -/2,550

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

-          ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

  1. 1.      މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް

  • މެޖިސްޓްރޭޓް ކޯޓުތަކުން ގެންނަ ކޮމްޕިއުޓަރތައް ޓްރަބަލްޝޫޓް ކުރުން.
  • އިންހައުސްކޮށް މަރާމާތު ނުކުރެވޭ ތަކެތި މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް މަރާމާތަށް ފޮނުވުމާއި މަރާމާތު ކޮށްގެން ގެންނަތަކެތި ޗެކްކޮށް ޕްރޮކިޔުމަންޓް ސެކްޝަނާއި ޙަވާލުކުރުމާއި މަރާމާތު ނުކުރެވޭ ތަކެތި ނީލަންކިޔުމަށް ޕްރޮކިޔުމަންޓް ސެކްޝަނަށް ޙަވާލުކުރުމާއި މަރާމާތު ނުކުރެވޭ ތަކެތި ނީލަންކިޔުމަށް ޕްރޮކިޔުމަންޓް ސެކްޝަނަށް  ފޮނުވުން.
  • އަ.އި.ޓީ އާގުޅޭގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށް ދޭންޖެހޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޯޓުގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ނެޓްވަރކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
  • ކޯޓަށް ބޭނުންވާ އަ.އި.ޓީ އާގުޅޭ ސާމާނުގެ ސްޕެސިފިކޭޝަން ތައްޔާރުކުރުން.
  • އައްޑުއަތޮޅު މީދޫ ކްލަސްޓަރގައި ހިމެނޭ ކޯޓުތަކަށް ބޭނުންވާ އަ.އި.ޓީ އާ ގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އައްޑުއަތޮޅު މީދޫ ކްލަސްޓަރގައި ހިމެނޭ ކޯޓުތަކަށް މުވައްޒަފުންގެ ރަސްމީ އީމެއިލް އެޑްރެސް ބޭނުން ކުރެވޭނެގޮތް ހަދައިދިނުމާއިބޭނުން ކުރުމުގައި ދިމާވާ މައްސަލަތައް ޙައްލު ކޮށްދިނުން.
  • އައްޑުއަތޮޅު މީދޫ ކްލަސްޓަރގައި ހިމެނޭ ކޯޓުތަކުގައި ޤާއިމްކޮށްފައިވާ އިންޓަރނެޓް ކަނެކްޝަންގައި ދިމާވާ ތަފާތު މައްސަލަތައް ޙައްލު ކުރުމާއި އިންޓަރނެޓް ކަނެކްޝަން ސްޕީޑް ޗެކްކުރުމާއި، ސްޕީޑް ދައްވާނަމަ އެކަން ސަރވިސް ޕްރޮވައިޑަރގެ ސަމާލުކަމަށް ގެނައުމާއި، މައްސަލަ ޙައްލުވަންދެން މޮނީޓަރ ކުރުން އަދި ހައްލުވިކަން ކޯޓްތަކަށް އެންގުން.
  • ޑިޖިޓަލީ ރައްކާކުރެވިފައިވާ ރަސްމީ މަޢުލޫމާތުގެ ބެކަޕް ޤަވާޢިދުން ނެގޭނެ އިންތިޒާމް ހަމަޖައްސައި ބެކަޕް ނެގޭތޯ ބަލައި، ނެގޭ ބެކަޕް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  • މިނޫންވެސް އައި.ސީ.ޓީ މަސައްކަތާގުޅޭގޮތުން ވެރިއަކު އަންގަވާ މަސައްކަތެއް ކުރުން.
  • ޕްރޮކިޔުމަންޓާއި ގުޅޭ މަސައްކަތް ކުރުން.

ތަޢުލީމީ ރޮނގު

ކޮމްޕިއުޓަރ ސައިންސް / އައިޓީގެ ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް

އިންފޮމޭޝަން ޓެކްނޮލޮޖީ / ނެޓްވަރކް މެނޭޖްމަންޓް / އައިޓީ ސެކިއުރިޓީ

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ކުރިމަތިލާ ފަރާތުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
  6. ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  7. ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
  8. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
  9. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
  10. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
  11. ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.
  12. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ.

ސުންގަޑި

2022 ސެޕްޓެމްބަރ 01 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340853 / 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ރާއްޖޭގައި ޤާއިމުކުރެވިފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވަހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޓް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ASP.NET އާއި MVC ގައި މަސައްކަތްކުރަން އެނގޭ، CCNA ޙާޞިލްކޮށްފައިވާ ފަރާތަކަށްވުން.
  • މަޤާމުގެ ޒިންމާތައް އިތުބާރާއެކު އަދާކުރެވިދާނެ ފަރާތެއްކަން އިންޓަވިއު ޕެނަލަށް ސާބިތުކޮށްދިނުމާއެކު ކުރިމަތިލާ މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި އަމަލީ ތަޖުރިބާހުރި، ނަތީޖާ ނެރެފައިވާ ފަރާތެއްކަމުގައިވުން.
  • މަސައްކަތާއި ގުޅޭގޮތުން ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގައި ހިންގޭ ކުރު ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ޙާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ. 
23 އޮގަސްޓް 2022
ހޯދާ