މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މޯލްޑިވްސް ޓޫރިޒަމް އެވޯޑް ތައްޔާރުކުރުން

އިޢުލާން

މި މިނިސްޓްރީން ދޭ ނަމޫނާއާއި އެއްގޮތަށް މޯލްޑިވްސް ޓޫރިޒަމް އެވޯޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހަރަކާތް

ތާރީޚް

ގަޑި

ތަން

ޕްރީ-ބިޑް މީޓިންގ

24 އޯގަސްޓް 2022 (ބުދަ)

13:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

ބީލަން ހުށަހެޅުން/ހުޅުވުން

30 އޯގަސްޓް 2022 (އަންގާރަ)

11:00

މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ)

ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު، އަދި ބީލަން ހުށަހަޅަންޖެހޭ ފޯމް ސެޓް މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ. އަދި މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ޕްރީ-ބިޑް މީޓިންގ ގައި ޙަވާލުކުރެވޭނެއެވެ. އޭގެފަހުން މި އިޢުލާނާއި ގުޅުންހުރި ލިޔެކިޔުން ލިބިގަތުމަކީ އެބޭފުޅެއްގެ އަމިއްލަ ޒިންމާއެކެވެ.

އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 28 އޯގަސްޓް 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

 

21 އޮގަސްޓް 2022
ހޯދާ