ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
މިއިދާރާގެ ނަންބަރު: (IUL)298/298/2022/39 އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބު ބޮޑުކަމަށް ފެންނާތީ އެއަންދާސީ ހިސާބު ބާޠިލްކޮށް އަލުން އެފުރުޟަތު ހުޅުވާލަމެވެ.
އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ލިސްޓްގައިވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
| މައުލޫމާތު ސެޝަން: | 25 އޮގަސްޓް 2022 10:00ގައި (އަލިފުށީ ކައުންސިލް އިދާރާގައި) | 
| ބިޑް ރަޖިސްޓްރީ ކުރުން: | 29 އޮގަސްޓް 2022 14:00ގެ ނިޔަލަށް | 
| ބިޑް ރަޖިސްޓްރީ ލިންކު | https://forms.gle/jE7hqkK8LFHTv4jv7 
 | 
| އަންދާސީ ހިސާބު ހުށަހެޅުން: | 30 އޮގަސްޓް 2022 11:00ގައި (އަލިފުށީ ކައުންސިލް އިދާރާގައި) | 
ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:00 އާ ދެމެދު މިއިދާރާގެ ނަންބަރު 6580021 ފޯނަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
 
                    