ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުފުށީ ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތް

ވިލުފުށީ ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތް 2022 ސެޕްޓެންބަރު 21 އިން 25 ގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުން 2022 ސެޕްޓެންބަރު 08 ވަނަ ދުވަހުގެ ކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

 

މުބާރާތުގައި ބައިވެރިވުން:

މުބާރާތުގައި ބައިވެރިވެވޭނީ ރަށު ކައުންސިލްގެ 6 ވަނަ ޤުރުއާން މުބާރާތުގެ ޤަވާޢިދުގައި، މުބާރާތުގައި ބައިވެރިވެވޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، މިމުބާރާތުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ.

 

ބައިވެރިވުމަށް އެދޭ ފޯމު ލިބެންހުންނާނެ ތަންތަން:

  1. ވިލުފުށީ ކައުންސިލްގެ އިދާރާ
  2. ވިލުފުށީ ސްކޫލް
  3. ވިލުފުށީ ޕްރީސްކޫލް

 

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ބައިވެރިވާން އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ފޯމާއެކު ހުށަހަޅަން ވާނެއެވެ.

 

ސުންގަޑި:

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2022 ސެޕްޓެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ 30:13 ގެ ކުރިން، ވިލުފުށީ ކައުންސިލްގެ އިދާރާއަށް ފޯމުހުށަހަޅަން ވާނެއެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 އޮގަސްޓް 2022
ހޯދާ