މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މާފުށި ޖަލުގެ ޕެރިމީޓަރ ސެކިއުރިޓީ ވޯލްގެ މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
                                
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށި ޖަލުގެ ޕެރިމީޓަރ ސެކިއުރިޓީ ވޯލް (ވޮޗްޕޯސްޓް-4) މަރާމާތު ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | 29 އޮގަސްޓް 2022 | ހޯމަ | 11:00 | 
| އަންދާސީ ހިސާބު ހުށައެޅުން | 4 ސެޕްޓެމްބަރ 2022 | އާދިއްތަ | 11:00 | 
             18 އޮގަސްޓް 2022
            
        
                    ހޯދާ  
                
                 
                    