ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޏ. ފުވައްމުލަކުގެ ޓްރާންސްމިޓިންގ ހަޓް ބެލެހެއްޓުމަށް މީހަކު ހޯދުން

މަޤާމް :ޏ. ފުވައްމުލަކުގެ ޓްރާންސްމިޓިންގ ހަޓް ބެލެހެއްޓުމަށް މިހަކު ހޯދުން.
ބޭނުންވާ އަދަދު :1

ކޮންޓްރެކްޓް އުސޫލުން ޏ. ފުވައްމުލަކުގެ ޓްރާންސްމިޓިންގ ހަޓް ބެލެހެއްޓުމަށް މިހަކު ހޯދުން

މަސައްކަތުގެ އަގު:

-/2,000 ރުފިޔާ

މަސައްކަތުގެ މުއްދަތް:

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު 2 ފަރާތް އެއްބަސްވާނަމަ މުއްދަތް އިތުރު ކުރެވޭނެ)

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން:

ޏ. ފުވައްމުލަކު ޓްރާންސްމިޓިންގ ހަޓް

މަސައްކަތުގެ މަސްއޫލިއްޔަތު:

  • ކޮންމެ ދުވަހަކު 2 ފަހަރު (ހެނދާ، ހަވީރު) ރީޓްރާންސްމީޓިންގ ހަޓްގައި ހުރި އިކްވިޕްމެންޓް ރަގަޅުތޯ ބަލާ ޗެކް ކުރަން ވާނެއެވެ. އަދި ޗެކް ކުރުމަށް ފަހު އެދުވަހުގެ ހެނދުނު 9:00 ކުރިން އަދި ހަވީރު 17:30 ގެ ކުރިން ކޮންމެ ދުވަހަކުވެސް ޕީ.އެސް.އެމްގެ ޓްރާންޓްމީޓިން ޔުނިޓް އަށް އެސް.އެމް.އެސް މެދުވެރިކޮށް އަންގަން ވާނެއެވެ.  
  • ކޮންމެ ދުވަހަކު ހެނދުނު ޓްރާންސްމީޓަރ ރީޑިންގ ނަގާ ފޯރމް ފުރިހަމަ ކުރަންވާނެއެވެ. އަދި ހަފްތާ އަކު އެއްފަހަރު (ކޮންމެ ބްރާސްފަތި ދުވަހަކު) މި ފޯރމް ފެކްސް،ވައިބަރ ނުވަތަ އީމެއިލް މެދުވެރިކޮށް  ޕީ.އެސް.އެމްގެ އިންޖިނިއަރިންގ އަށް ފޮނުވަން ވާނެއެވެ.  
  • ރަށު ޖަރަރޭޓަރުން ކަރަންޓް ބަދަލު ކުރާ ވަގުތު ތަކަށް ޙާއްސަ ސަމާލު ކަމެއް ދީގެން ޓްރާންސްމީޓަރ އޮފްވެފައި ވޭތޯ ބަލައި ޗެކްކުރަން ވާނެއެވެ. އޮފްވެފައި ވާނަމަ ޓްރާންސްމީޓަރ އޮން ކުރުން، އަދި އިރު އިރުކޮޅުން ކަރަންޓްގެ މައްސަލަ ދިމާވެ، ކަރަންޓް ފޭލްވާނަމަ ޕީ.އެސް.އެމް ގެ ޓްރާންސްމީޓިން ޔުނިޓްއަށް ލަސް ނުކޮށް އަންގަން ވާނެއެވެ.  
  • ހަޓާއި ޙަވާލުވެ ހުންނަ ފަރާތަކުން މަދުވެގެން ހަފްތާއަކު އެއްފަހަރު ހުރިހާ އިކްވިޕްމަންޓެއް ފުހެ ސާފުކުރަންވާނެއެވެ.  
  • ދުވާލަކު އެއްފަހަރު ޑިޝްއެންޓަނާގެ ހާލަތު ޗެކް ކުރަންވާނެއެވެ.  
  • ޑިޝްއެންޓަނާ ކައިރީގައި ޕީ.އެސް.އެމްގެ ސިގްނަލް ރިސީވް ވުމަށް ދަތިވާ ގޮތަށް ހުރި ގަހެއް ހުރިނަމަ ކަޑާ ސާފުކުރަން ވާނެއެވެ. އަދި މަހަކު އެއްފަހަރު ޓަވަރުގެ ހާލަތު ބަލާ ޗެކް ކުރުމަށް ފަހު ޕީ.އެއް.އެމްގެ ޓްރާންސްމީޓިން ޔުނިޓް އަށް ރިޕޯރޓް ފޮނުވަން ވާނެއެވެ.  
  • ޑިޝްއެންޓަނާ އަދި ޓަވަރުގައި ދަބަރު ޖަހަމުން ދާނަމަ އެކަން ލަސްނުކޮށް ޕީ.އެސް.އެމް ޓަރާންސްމީޓިން ޔުނިޓް އިން މިކަމާ ޙަވާލުވެތިބޭ ފަރާތްތަކަށް އަންގަންވާނެއެވެ. އަދި ޕީ.އެސް.އެމް އިން ކަނޑައަޅާ ގޮތެއްގެ މަތިން ދަބަރުކަހާ ސާފުކޮށް އެތަންތަނުގައި ދަވާދުލާ ބަލަހައްޓަން ވާނެއެވެ. މިކަމަށް ބޭނުންވާ ތަކެތި ޕީ.އެސް.އެމްގެ ޓްރާންސްމީޓިން ޔުނިޓް މިކަމާ ޙަވާލުވެ ތިބޭ ފަރާތްތަކާ ގުޅިގެން ހޯދަންވާނެއެވެ.
  • ކޮންޓްރެކްޓް އާ ޙަވާލުވާ ފަރާތުން ރަށުން ބޭރަށް ދާންޖެހިއްޖެނަމަ ހަޓްއާއި ޙަވާލުވާނޭ ފަރާތެއް ހަމަޖެއްސުން އެއީ ކޮންޓްރެކްޓް ޙަވާލުވެފައި ހުރި ފަރާތުގެ އަމިއްލަ ކަމެކެވެ.
  • ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގހަޓްގެ އެއްވެސް އިކްވިޕްމަންޓަކަށް، ޓަވަރަށް، ޑީޝްއެންޓަނާއަށް ނުވަތަ ޑިޝްއެންޓަނާގެ އެލް.އެމް.ބީ އަށް އެއްވެސް މައްސަލައެއް ޖެހިއްޖެނަ، އެކަން ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓުން މިކަމާ ޙަވާލުވެތިބޭ ފަރާތްތަކަށް ލަސްނުކޮށް އަންގަންވާނެއެވެ.  
  • ޕީ.އެސް.އެމްގެ ރީޓްރާންސްމީޓްންގ ހަޓަށް ގެއްލުމެއް ލިބިފައިވާކަން ފާހަގަ ކުރެވިއްޖެ ނަމަ އެންމެ އަވަސްފުރުސަތެއްގައި ޕީ.އެއް.އެމްގެ އިންޖިނިއަރިންގ އިން ޓްރާންސްމިޝަން އާއި ޙަވާލުވެ ތިބޭ ފަރާތްތަކަށް އެވަގުތު އަންގަންވާނެއެވެ.  
  • ޕީ.އެއް.އެމްފެ ރީޓްރާންސްމީޓިންގ ސައިޓަށް އެއްވެސް މިންވަރަކަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ޢަމަލެއް ހިންގާފައިވާކަމަށް ފާހަގަ ކުރެވިއްޖެނަމަ، އެކަން ލަސްނުކުރައްވާ ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެއެވެ. އަދި ޕީ.އެސް.އެމްގެ އިންޖިއަރިންގެ ޓްރާންސްމީޓިން ޔުނިޓް އަށް ރިޕޯޓްކުރަންވާނެއެވެ.

މިމަސައްކަތަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަމްރީން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަސައްކަތް ކޮށްދިނުމަށް އެދޭ ކަމުގެ ސިޓީއާއި،
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، މިމަސައްކަތްކުރުމަށް އެދިލައްވާ ފަރާތްތަށް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މި މަސައްކަތަށް އެދިލައްވާ ފަރާތްތަކުން 23 އޯގަސްޓް 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

                     

16 އޮގަސްޓް 2022
ހޯދާ