ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ގްރޭޓަރ މާލެ ރީޖަންގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރު ކުރުމަށް ބޭނުންވާ ފެރީ ދޯނި ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-PRO/IUL/2022/083

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންލިމިޓެޑްގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ގްރޭޓަރ މާލެ ރީޖަންގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރު ކުރުމަށް ބޭނުންވާ ފެރީ ދޯނި ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންލިމިޓެޑްގެ ފަރާތުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ގްރޭޓަރ މާލެ ރީޖަންގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރު ކުރުމަށް ފެރީ ދޯނި ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު

(WAMCO-PRO/IUL/2022/068) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން ފެރީ ދޯނި ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

ބާވަތް: ފެރީ ދޯނި

ބޭނުންވާ އަދަދު: 1 (އެކެއް)

ހިދުމަތުގެ މުއްދަތު: މަދުވެގެން 1 (އެކެއް) އަހަރު، މަސައްކަތުގެ ފެންވަރަށް ބަލާ ފަހުން މުއްދަތު އިތުރު ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މި ކޯޕަރޭޝަނަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ދުވަސް

ގަޑި

ތަން

ބީލަން ހުށަހެޅުން

24 އޮގަސްޓް 2022 (ބުދަ)

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް، މީޓިންގ ރޫމް

24 އޮގަސްޓް 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބުތައް ހުންނަންވާނީ ކޯމްބް ބައިންޑް ކުރެވި ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބިޑް ހުށަހަޅާ ފަރާތުން ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއްގައި ސޮއި (އަމިއްލަ ފަރާތަކުން ނަމަ) އަދި ކޮމްޕެނީ ތައްގަނޑު/ސީލް (ކުންފުންޏަކުން ނަމަ) ޖަހާފައި ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ. ވަކި ވަކި ގަނޑު ޕްރޮޕޯސަލްއާއި އެކުގައިވާ ނަމަވެސް އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.

އަންދާސީ ހިސާބާއި ބެހޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، 22 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް އެކަން ފޮނުއްވުން އެދެމެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރު 14:00 އާއި ދޭތެރޭގައި އެ އީމެއިލްތަކަށް ޖަވާބު އެރުވިގެންދާނެއެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް  

މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން، އިންޑަސްޓްރިއަލް ވިލެޖް

ބޮޑުތަކުރުފާނު މަގު

މާލެ، ދިވެހިރާއްޖެ

ފޯނު ނަމްބަރު:،3025804، 3000581

 ފެކްސް ނަންބަރު:3000584  

އީމެއިލް: [email protected]

ވެބްސައިޓު: www.wamco.com.mv

 

 

 

15 އޮގަސްޓް 2022

 

 

 

 

 

 

 

 

 

15 އޮގަސްޓް 2022
ހޯދާ