މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ސެޕްޓެމްބަރ 4-5 2022 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ އަކަށް ހޯލެއް އަދި ކޮންފަރެންސް ރޫމްއެއް ކޭޓަރިންގ ސާރވިސް އާއި އެކު ކުއްޔަށް ހިފުމަށް

މި އެޖެންސީގެ ނަންބަރު (IUL)452-CPREV/452/2022/6 އިއުލާނަށް އެކަށީގެންވާވަރަށް މައުލޫމާތު   ފުރިހަމަވެފައިވާ ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް މަސައްކަތުގެ ސްކޯޕް ބަދަލުކުރުމަށްފަހު އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

      ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ސެޕްޓެމްބަރ 4-5 2022 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ އަކަށް ހޯލެއް އަދި ކޮންފަރެންސް ރޫމްއެއް ކޭޓަރިންގ ސާރވިސް އާއި އެކު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 15 އޮގަސްޓް 2022 ވާ ހޯމަ ދުވަހުން ފެށިގެން 23 އޮގަސްޓް  2022 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 23 އޮގަސްޓް  2022 ވާ އަންގާރަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

15 އޮގަސްޓް 2022
ހޯދާ