މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މާލެ - ތިލަފުށި ލިންކް މަޝްރޫއާއި ގުޅޭ

އިޢުލާން

މާލެ - ތިލަފުށި ލިންކް މަޝްރޫއާއި ގުޅޭ

މާލެ - ތިލަފުށި ލިންކްގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅީގައި ބުރިޖު އެޅުމުގެ  މަސައްކަތްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް ކުރިއަށް ދާ ވަގުތުތަކުގައި  މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށްނުވާތީ މާލެއާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅިން 15 އޮގަސްޓް 2022 އިން ފެށިގެން ބަންދުކޮށްފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

އަދި ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަރުރުކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ވާހަކަވެސް އަންގާ އިޢުލާންކުރީމެވެ.

16 މުހައްރަމް 1444

14 އޮގަސްޓު 2022

14 އޮގަސްޓް 2022
ހޯދާ