މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ފޮތެއްގެ ޕްރޫފް ބެލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދުން

އިޢުލާން

ޢަރަބި ބަހުން ލިޔެފައިވާ، ޑރ. ޢުމަރު އަޝްޤަރުގެ އިސްލާމިކް ރީޑް ބުކްސީރީޒްގެ ފޮތްބައިގެ ތެރެއިން "ކުޑަޤިޔާމަތް" އާއި "ރަސޫލުންނާއި ރިސާލާތްތައް" ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ފޮތް ޕްރޫފް ބެލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ: IUL)142-A1/142/2022/128) (13 ޖޫން 2022) އިޢުލާނާއި ގުޅިގެން (ރަސޫލުންނާއި ރިސާލާތްތައް) މިފޮތް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރކުރައްވާ، މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.

ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2022 އޮގަސްޓް 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 އޮގަސްޓް 22 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2022 އޮގަސްޓް 16 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020239،3020244 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

11 އޮގަސްޓް 2022
ހޯދާ