ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: 198A/2022/111

ތާރީޚް: 11 އޮގަސްޓް 2022

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ  

ރޭންކް: ޖީއެސް 3

ޢަދަދު

01

ސެކްޝަން: ފައިނޭންސް

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

 -/4,465 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

-          ޖުޑީޝަލް އެލަވަންސް: 2,232/50  (އަސާސީ މުސާރައިގެ %50)

-          ސަރވިސް އެލަވަންސް: -/1,500

-          ލިވިންގ އެލަވަންސް: -/3,000

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ

-          ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

އަސާސީ ޝަރުޠު

 

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ’ޑީ’ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

އެހެނިހެން ޝަރުތު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޝަރުޢީދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ޚަރަދާއި އާމްދަނީގެ މަސް ދުވަހުގެ ހިސާބުތައް އެއްކުރުމާއި، ސިސްޓަމަށް އެންޓަރ ކުރުމާއި، ހިސާބުތައް ރަނގަޅަށް ބެލެހެއްޓުން.
  • މެޖިސްޓްރޭޓް ކޯޓުތަކުގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ ފޮނުވުމަށްޓަކައި އެކަމާގުޅޭ ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން.
  • މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމް (ސެޕް) އިން ޕަރޗޭސް އޯޑަރު ހަދައިގެން ހޯދާ މުދަލާ ޚިދުމަތަށް ފައިސާ ދެއްކުން.
  • މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމް (ސެޕް) އިން ޕަރޗޭސް އޯޑަރު ހަދައިގެން ހޯދާ މުދަލާ ޚިދުމަތްތަކުގެ ބިލްތައް ހޯދުން.
  • މެޖިސްޓްރޭޓް ކޯޓުތަކުގެ ބަޖެޓް ހިސާބު ބެލެހެއްޓުން.
  • މިނޫންވެސް ފައިނޭންސް ސެކްޝަނާ ގުޅުންހުރި އިދާރީ މަސައްކަތް ކުރުން.

ތަޢުލީމީ ރޮނގު

އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް، ކޮމާރސް

ގުޅޭ ވަޒީފާގެ ދާއިރާތައް

އެކައުންޓިންގ/ ފައިނޭންސް / ބިޒްނަސް / ކޮމާރސް

ހުށަހަޅަންޖެހޭ ތަކެތި

1-      ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2-      ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.

3-      ކުރިމަތިލާ ފަރާތުގެ ވަނަވަރު.

4-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5-      ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.

6-      ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

7-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

8-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

9-      އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި

2022 އޮގަސްޓް 22 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ·         މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340851
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

ލިބިފައިވާ ތަޢުލީމް

30%

މަސައްކަތުގެ ތަޖުރިބާ

10%

އިންޓަރވިއު

50%

މަސައްކަތަށް ބޭނުންވާ ހުނަރު

10%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން.
  • ވަޒީފާއާއި ބެހޭ ޤާނޫނާއި، ޝަރުއީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
  • އެޗްއާރު ސޮފްޓްވެއަރތައް ބޭނުންކޮށްގެން މަސައްކަތް ކުރަން އެނގޭނެ ފަރާތަކަށްވުން.
  • ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
  • މައިކްރޯސޮފްޓް އެކްސެލް އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގުން.  
11 އޮގަސްޓް 2022
ހޯދާ