ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ޢިމާރާތުގެ ދެވަނަ ފޭސްގެ އިންޓީރިއާރ ރިނޮވޭޝަންގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
ޕްރީ-ބިޑް މީޓިންގ / ސައިޓް ވިޒިޓް |
16 އޯގަސްޓް 2022 )އަންގާރަ) |
10:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
ބީލަން ހުށަހެޅުން/ހުޅުވުން |
24 އޯގަސްޓް 2022 (ބުދަ) |
10:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
ބީލަންހުށަހެޅުމާއި ގުޅޭ ޢާންމު އިރުޝާދު މި އިޢުލާނާއި އެކު އެއްކަރުދާސްކޮށްފައި ވާނެއެވެ. އަދި މިއިޢުލާނާއި ގުޅޭ ބީ.އޯ.ކިއު އަދި ކުރެހުން ޕްރީ ބިޑް މީޓިންގ ގައި ޙަވާލުކުރެވޭނެއެވެ. އޭގެފަހުން މި އިޢުލާނާއި ގުޅުންހުރި ލިޔެކިޔުން ލިބިގަތުމަކީ އެބޭފުޅެއްގެ އަމިއްލަ ޒިންމާއެކެވެ.
އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 18 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.