ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޞަޙަރާ އާއި ޞަޙަރާގެ ވަށައިގެން ބޭނުންކުރާ މަގުތަކުގައި ހެދޭ ގަހާއި ވިނަ ކޮށައި ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުން:

ޞަޙަރާ އާއި ޞަޙަރާގެ ވަށައިގެން ބޭނުންކުރާ މަގުތަކުގައި ހެދޭ ގަހާއި ވިނަ ކޮށައި ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުން:

 

01 ސެޕްޓެމްބަރު 2022 އިން 31 އޮގަސްޓް 2023 އަށް ( އެކެއް އަހަރު ދުވަހުގެ މުއްދަތަށް ) ގދ. ނަޑެއްލާ ޞަޙަރާ އާއި ޞަޙަރާގެ ވަށައިގެން ބޭނުންކުރާ މަގުތަކުގައި ހެދޭ ގަހާއި ވިނަ ކޮށައި ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ޞަޙަރާ އާއި ޞަޙަރާގެ ވަށައިގެން ބޭނުންކުރާ މަގުތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދިނުމަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ.

 

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކޮށްދިނުން:    

16 އޮގަސްޓް 2022

އަންގާރަ

13:00

އަންދާސީ ހިސާބު ބަލައިގަތުން:

21 އޮގަސްޓް 2022

އާދީއްތަ

13:00

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 އޮގަސްޓް 2022
ހޯދާ