މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
"ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކުރާ ވާހަކަ ސީރީޒްގެ ވާހަކަ ފޮތްތައް ޕްރިންޓްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމުގެ ގޮތުން މި މިނިސްޓްރީން ހިންގަމުންގެންދާ ކެމްޕެއިންގެ ދަށުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ވާހަކަ ސީރިސްގެ ވާހަކަ ފޮތްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް މި މިނިސްޓްރީއަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

           

 

ތާރީޚް

ދުވަސް

ގަޑި

ތަން

 

އަންދާސީ ހިސާބު ހުށައެޅުއްވުން

21 އޮގަސްޓް 2022

އާދީއްތަ

08:30

މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް

މ.ސީޓްރެކް ބިލްޑިންގ (07 ވަނަ ފަންގިފިލާ) / ގުރާބުތުނޑި ހިނގުން

09 އޮގަސްޓް 2022
ހޯދާ