ދިވެހިރާއްޖެ
`
ޖަމާލުއްދީން ސްކޫލް
މާލެ، ދިވެހިރާއްޖެ
ނަންބަރު:JS-A/2022/61
| 
 އިޢުލާނު  | 
|||||||||||||
| 
 މަޤާމު:  | 
 ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
||||||||||||
| 
 މަޤާމުގެ ނަންބަރު:  | 
 J-366936  | 
||||||||||||
| 
 ބޭނުންވާ އަދަދު:  | 
 01  | 
||||||||||||
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
||||||||||||
| 
 މަޤާމުގެ ރޭންކު:  | 
 އެމް އެސް 2  | 
||||||||||||
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ސީނިއަރ އޮފިސަރ ގްރޭޑް 2  | 
||||||||||||
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 ޖަމާލުއްދީން ސްކޫލް – މާލެ  | 
||||||||||||
| 
 މުސާރަ:  | 
 6,295.00  | 
||||||||||||
| 
 ސަރވިސް އެލަވަންސް:  | 
 2,000.00  | 
||||||||||||
| 
 އެހެނިހެން އެލަވަންސް:  | 
 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. ސްޕެޝަލް ޑިއުޓީ އެލަވަސް: މުވައްޒަފަށް ލިބޭމުސާރައިގެ %35 ސަޕޯޓިންގ ކޯ އެލަވަންސް -/900 ރުފިޔާ  | 
||||||||||||
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1- ބަޖެޓަށް ބަދަލު ގެންނަން ބޭނުންވާ ޙާލަތްތަކުގައި އެޑްމިނިސްޓްރޭޓަރގެ ލަފައާއި އެއްގޮތަށް ބަޖެޓް ކޮންޓްރޯލް ފޯމް ތައްޔާރުކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވުން. 2- ތިޖޫރީއަށް ލިބޭ ފައިސާގެ ހުރިހާ ކަމެއް ބެލެހެއްޓުމާއި،ހަފްތާއަކު އެއްފަހަރު ތިޖޫރީ ރިޕޯރޓް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް އަދި އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވުން. 3- ސްކޫލަށްލިބޭ ބިލްތައް އެޑްމިނިސްޓްރޭޓަރ ކޯޑުޖަހާފައި ދިނުމުން އެބިލްތަކަށް ވައުޗަރހަދާ ތައްޔާރުކޮށް،ޗެކްކުރަން ހަމަޖެހިފައިވާ މުވައްޒަފަކު ލައްވާ ސޮއިކުރުވުމަށްފަހު އެސް އޭ ޕީ އަށް އެންޓަރކޮށް ފިނޭންސަށް ޕޯސްޓްކުރުމަށް އެޑްމިނިސްޓްރޭޓަރާއި ހަވާލުކުރުން. 4- ފައިސާ ދެއްކުމަށް އެސް.އޭ.ޕީ އަށް ޕޯސްޓްކުރާ ބިލްތަކަށް ފިނޭންސް މިނިސްޓްރީން ޕޭމަންޓްތައް ހަދާތޯ ހަފްތާއަކު އެއްފަހަރު ޗެކް ކުރުމާއި ޕޭމަންޓް ބްލޮކް ކޮށްފައިވާ ވައުޗަރތައް ރަނގަޅުކުރުން. 5- ތިޖޫރީއަށް ލިބޭ ފައިސާގެ ހުރިހާ ކަމެއް ބެލެހެއްޓުމާއި،ހަފްތާއަކު އެއްފަހަރު ތިޖޫރީ ރިޕޯރޓް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް އަދި އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވުން. 6- ސްކޫލްގެ ހޯލާއި ގޯތިތެރެ އަދި ސްކޫލްގެ ތަކެތި ކުއްޔަށް ހޯދުމަށް އެދޭ ފަރާތްތަކަށް ސްކޫލްގެ ވެރިންގެ ހުއްދައާއި އެކު ކުއްޔަށް ދޫކުރުމާއި ގުޅޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ފައިސާ ނެގުމަށްޓަކައި އެކަމާއި ގުޅޭ މުވައްޒަފަކާއި ޙަވާލުކުރުން. 7- ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ފާއިތުވެ ދިޔަ މަހުގެ ޚަރަދު،އާމްދަނީ،ތިޖޫރީ އަދި ފަންޑް ރިޕޯރޓްތައް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވުން. 8- ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ މާލީ ރިޕޯރޓްތައް ތައްޔާރުކޮށް އެޑިއުކޭޝަން މިނިސްޓްރީން އަންގާ ތާރީޚްތަކަށް ފޮނުވުން. 9-ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް އެޑްމިނިސްޓްރޭޓަރގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް އެޑިއުކޭޝަން މިނިސްޓްރީން އަންގާ ތާރީޚްތަކަށް ފޮނުވުން. 10- ކޮންމެ އަހަރަކުވެސް ސްކޫލަށް ހޯދަން ބޭނުންވާ ކެޕިޓަލް ތަކެތި ވެރިން ކަނޑައެޅުމުން،ތަކެތި ހޯދުމުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ބޭނުންވާ މަސައްކަތް ކުރުން. 11- އިޢުލާން ކޮށްގެން ސްކޫލަށް ބަލައިގަންނަ ބިޑްތައް ބަލައިގަތުމުގެ މަސައްކަތްކުރުން. 12- ސްކޫލްގެ ސްޓޮކް ބެލެހެއްޓުމާއި،ސްކޫލަށް ހޯދާ ތަކެތީގެ ތެރެއިން ސްޓޮކަށް ވައްދަން ޖެހޭތަކެތި ސްޓޮކަށް ވެއްދުމާއި،ސްޓޮކް ބާކީ ފޮތް ޤަވާޢިދުން ބެލެހެއްޓުން. 13- ކޮންމެ އަހަރަކަށް ހޯދަން ޖެހޭ ލިޔެކިޔުމުގެ ތަކެއްޗާއި ދަރިވަރުންނަށް ބޭނުންވާ ތަރި،ބެޖް،ޓައި،ހަދިޔާ އަދި ޝޭޝް ފަދަ ތަކެތި ހޯދުމުގެ މަސައްކަތް ކުރުން. 14- ފައިސާއާގުޅޭ ކަންކަމުގައި އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން. 15- ސްކޫލަށް ހޯދާ މުދަލާއި ޚިދުމަތްތަކާއި ގުޅިގެން ލިބޭ ބިލްތައް ލިބުމުން ޗެކްކުރުމަށްފަހު،އެބިލާއި ގުޅޭ ހުރިހާ ލިޔެކިޔުންތައް އެޓޭޗްކޮށް ބަޖެޓް ކޯޑު ޖެހުމަށްޓަކައި އެޑްމިނިސްޓްރޭޓަރ އާއި ޙަވާލުކުރުން. 16- އެޑްމިނިސްޓްރޭޓަރގެ ލަފާގެ މަތިން ބިޑްކޮމިޓީން ނިންމާ މަސައްކަތް،ހަވާލުކުރެވޭ ފަރާތްތަކާއި އެގްރިމެންޓް ލިޔެ ތައްޔާރުކުރުން. އަދި މަސައްކަތް ނިމުމުން ޗެކްކޮށް،މަސައްކަތް ނިންމި ކަމުގެ ލިޔުން ތައްޔާރު ކުރުން  | 
||||||||||||
| 
 މަޤާމުގެ ޝަރުޠުތައް:  | 
 - މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޟިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން .. ނުވަތަ 
 - މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. 
  | 
||||||||||||
| 
 ގުޅޭ ވަޒީފާގެ ދާއިރާތައް - އެޑްމިނިސްޓްރޭޝަން - މެނޭޖްމެންޓް ތައުލީމީ ރޮނގުތައް: - އެކައުންޓިންގ - އެޑްމިނިސްޓްރޭޝަން - ބިޒްނަސް އެޑްމިނިސްޓްރޭޝަން - ބިޒްނަސް މެނޭޖްމަންޓް - ފައިނޭންސް - މެނޭޖްމަންޓް - ޕަބްލިކް އެޑްމިނިސްޓްރޭޝަން 
 ޕްރިފަރޑް ޑިސިޕްލިން - ބިޒްނަސް އެޑްމިނިސްޓްރޭޝަން - ބިޒްނަސް މެނޭޖްމަންޓް - ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯ ޑިސިޕްލިން - މިމަޤާމަށް ކޯޑިސިޕްލިން ކަޑަޢެޅިފައި ނުވެއެވެ.  | 
|||||||||||||
| 
 
  | 
|||||||||||||
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  | 
 https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".  | 
||||||||||||
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. 
 މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ  | 
||||||||||||
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 އޮގަސްޓް 16 ވާ (އަންގާރަ) ދުވަހުގެ 14:00ގެ ކުރިން، ޖަމާލުއްދީން ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.  | 
||||||||||||
| 
 ޝޯޓްލިސްޓުކުރުން: 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.  | 
||||||||||||
| 
 އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ، 2022 އޮގަސްޓް 17 ން 25 އާއި ދެމެދު، ޖަމާލުއްދީން ސްކޫލްގައެވެ. 
  | 
||||||||||||
| 
 "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން  | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.  | 
||||||||||||
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3011773 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 
 ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" ( https://www.csc.gov.mv/Policy/Index/51 ން ލިބެން ހުންނާނެއެވެ.  | 
|||||||||||||
09 އޮގަސްޓް 2022
