މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަދިރި އާލާވާގޮތަށް ފެންހަރުލާތަކެތި ނުބެހެއްޓުމާއި ގުޅޭ

އިޢުލާން

 

މަދިރި އާލާވާގޮތަށް ފެންހަރުލާތަކެތި ނުބެހެއްޓުމާއި ގުޅޭ

ރަށުގެ އާންމުސަރަހައްދުތަކާއި ހޭޅީގައި މަދިރި އާލާވާގޮތަށް ފެންހަރުލާތަކެތި، ޙާއްސަކޮށް ބޮނބިފައުކުރުމަށް ބަހައްޓާފައިވާ ތަކެތި ހުރިކަމާއި، މިތަކެތީގައި މަދިރި އާލާވެ، ނުބައިވަސްދުވުމުގެ ސަބަބުން އާންމު އެތައް ރައްޔިތުންނަކަށް އުނދަގޫވެ މިކަމުގެ ޝަކުވާ މިކައުންސިލަށް ލިބެމުންދާ ވާހަކަ ދަންނަވަމެވެ. މިގޮތަށް އާންމު ތަންތާގައާއި ގޯތިގެދޮރުގައި ފެން އުފެދި މަދިރި އާލާވާ ގޮތަށް ހުރިތަންތަން ނައްތާލާ އިސްލާހުކުރުމަކީ އަމިއްލަ ފަރުދީ ޒިންމާއެއްގެ ގޮތުގައި ބަލާ އިސްލާހު ކުރުމަށް ދަންނަވަމެވެ.

ރަށުގައި އެއްދުވަހުން އަނެއްދުވަހަށް މަދިރި އާލާވެ ގިނަވެ، އެކަމުގެ އުނދަގޫ ހުރިހާ ރައްޔިތުންނަށް ފޯރަމުންދާއިރު މަދިރި މަދުކުރެވޭނީ މިކަމަށް އެންމެން އެއްބާރުލުންދީ މަދިރި އުފެދޭ ގޮތަށް ފެންހަރުލާފާ ހުންނަ ތަކެތި ނައްތާލެވިގެންނެވެ. އަދި މަދިރި މަދުވުމަކީ މަދިރީގެ ޒަރިއްޔާއިން ފެތުރެމުންދާ ބަލިތައްވެސް ކޮންޓްރޯލް ކުރެވިގެންދާނެ ކަމެއްކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 މުޙައްރަމް 1444

07 އޮގަސްޓް 2022
ހޯދާ