އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޮްޕްރީ ސްކޫލް ފޮޅައި ސާފުކޮށްދޭނޭ ފަރާތެއް ހޯދުން

ވަޒީފާގެ ފުރުޞަތު

އިޢުލާނު

މަޤާމް:

މަސައްކަތު ( ޕްރީސްކޫލް )

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި

ވަގުތީ 1 އަހަރު ދުވަހުގެ މުއްދަތަށް  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހިމަންދޫ ކޮމިއުނިޓީ ޕްރީސްކޫލް / އއ. ހިމަންދޫ

މުސާރަ

1500 ރުފިޔާ  

 

މަޤާމު

ޝަރުތު

ޕްރީ ސްކޫލް މަސައްކަތު

އަސާސީ ތަޢުލީމު ފެންވަރު

 

 

 

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ހުށަހަޅާ ފަރާތަކީ މިފަދަ މަސައްކަތް ކުރެވޭނެ ޤާބިލް މީހަކަށް ވާންވާނެއެވެ.
  2. ރަސްމީ ކޮންމެ ދުވަހަކު ޕްރީ ސްކޫލް ބްރޭކް ގަޑީގައި ކްލާސް ފޮޅައި ސާފުކުރަންވާނެއެވެ.
  3. ރަސްމީ ކޮންމެ ދުވަހަކު ޕްރީ ސްކޫލްގެ ފާޚާނާ ސާފުކޮށް ބަލަހައްޓަން ވާނެއެވެ.
  4. ރަސްމީ ކޮންމެ ދުވަހަކު ކިޔެވުން ނިމުމުން ޕްރީ ސްކޫލް އެއްކޮށް ސާފުކޮށް އަނެއް ދުވަހަށް ރެޑީ ކުރަންވާނެއެވެ.
  5. ހަފްތާއަކު 3 ދުވަހު ޕްރީ ސްކޫލް ގޯތި ތެރެއާއި މަގުމަތި ކުނިކަހާ ސާފުކޮށް ބަލަހައްޓަން ވާނެއެވެ.
  6. ޕްރީ ސްކޫލުން ނެގޭ ކުނި ކައުންސިލްއިން މިހާރުވެސް އިޢުލާން ކޮށްފައިވާ ގަޑި ތަކުގައި ކުނިގޮނޑަށް އުކާލަން ވާނެއެވެ.
  7. މަސައްކަތުގައި އުޅޭ އިރު ހުންނަންވާނީ ސާފުތާޙިރު ކޮށެވެ.
  8. 8.      ޕްރީސްކޫލްގެ އާންޓީއިން އަންގާގޮތެއްގެ މަތީންޕްރީސްކޫލްގެ މަސައްކަތާއި ގުޅުންހުރި ކަންތައްތައް ކުރަންވާނެއެވެ.

ހުށަހަޅަން ޖެހޭ ލިޔުންތައް:

  1. 1.      މަޤާމުގެ އަސާސީ ޝަރުތު ހަމަވާ ލިޔެކިޔުމާއި ތަޢުލީމީ ފެންވަރު އަންގައިދޭ އިތުރު ލިޔުންތައް
  2. 2.      ސިވިލް ސަރވިސް މަޤާމުތަކަށް އެދި ހުށަހަޅާ ފޯމް ނުވަތަ ސިޓީ

 

މާރކްސް ދިނުމުގައި ބެލެވޭ ކަންތައްތައް

ތަޖްރިބާއަށް 75 މާރކްސް

01

ލިބިފައިވާ ތަޢުލީމް 25 މާރކްސް

02

 

  1. ތަޖުރިބާ އިން ލިބޭ ޕޮއިންޓް ދެވޭނީ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތް ކޮށްފައިވާ މުއްދަތަށް ބަލައި، އެޓެސްޓް ކުރި ލިޔުމަށް އެކަންޏެވެ.
  2. ތަޢުލީމީ ބައިގެ މާރކްސް ދެވޭނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ. އަދި ކިޔަވާފައިވާ ގްރޭޑްއަށް ބަލައި ތަޢުލީމީ ބަޔަށް މާރކްސް ދެވޭނެއެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (15 އޮގަސްޓް 2022) ގެ (14:00) ގެ ކުރިން، (ހިމަންދޫ ކައުންސިލް އިދާރާ) އަށެވެ. ނުވަތަ ހިމަންދޫ ކައުންސިލް އިދާރާގެ އީމެއިލް [email protected]  އަށެވެ.

  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6660061) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                                                

             މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

 

 

 

 
08 އޮގަސްޓް 2022
ހޯދާ