ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯގޯ ފަރުމާ ކުރުމަށް

ކައުންސިލްގެ ސިއްކަ (ލޯގޯ) ފަރުމާކުރުމާ ގުޅޭ:

          ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ ރަސްމީ ސިއްކަ (ލޯގޯ) ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޮގަސްޓް 2022 ވަނަ ދުވަހުގެ މެންދުރު 13:00 އަށް ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސެކެރަޓަރީ ޖެނެރަލް ޒަމާރަތު އަޙުމަދު ނަމްބަރ  9787669 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

1.     ލޯގޯ ފަރުމާ ކުރުމާއި ހުށައެޅުމުގައި ބަލަންޖެހޭ ކަންކަން:

1.1-            ހުށައަޅާ ލޯގޯއާއި ދިދައަކީ މީގެ ކުރިން ޕަބްލިޝްކޮށްފައި ނުވަތަ އެއްވެސް މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯއެއް ކަމުގައި ވެގެންނުވާނެއެވެ.

1.2-            ހުށައަޅާ ލޯގޯ އަކީ އުފެއްދުންތެރި އަމިއްލަވަންތަ ލޯގޯ އަކަށް ވާންވާނެއެވެ.

1.3-            ލޯގޯގެ ކުލަތައް ކަނޑައަޅާނީ ލޯގޯ ފަރުމާ ކުރާ ފަރާތުން ނެވެ.

1.6-            ލޯގޯއިން ގއ.ކަނޑުހުޅުދޫ އަށް ހާއްސަ ސިފައެއް ރަމްޒުކޮށްދޭން ވާނެއެވެ.

1.8-            ލޯގޯއިން ރަމްޒުކޮށްދޭ އެއްޗެއް ތަފްޞީލްކޮށް ބަޔާންކުރަން ވާނެއެވެ.

1.9-            ލޯގޯ ފަރުމާކޮށްފައި ހުންނަންވާނީ، ލެޓަރހެޑް، ބިޒްނަސް ކާޑް، ޔުނީފޯމް، ޓީޝަރޓް އަދި ދިދަ ފަދަ ތަކެތީގައިވެސް ބޭނުންކުރެވޭނެ ފަދަގޮތަކަށެވެ.  

1.10-        ލޯގޯއަކީ ލަނކުޑި ނުވަތަ ފައިބަރ ފަދަ މަޢުދަނުގައި ފަސޭހައިން ކަނޑާނަގައިގެން ސިފަ ފާޅުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ލޯގޯ އަކަށް ވާންވާނެއެވެ.

1.11-        ހުށައަޅާ ލޯގޯ 20mm x 20mm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ގެއްލިގެންނުވާނެއެވެ.

1.12-        ލޯގޯގެ ރިޒޮލޫޝަން މިންގަނޑަކީ 600dpi ނުވަތަ އެއަށްވުރެ މައްޗެވެ.

1.13-        ލޯގޯ ފަރުމާ ކުރާއިރު ބޭނުންކޮށްފައިވާ ފޮންޓް އަދި ސައިޒްގެ ތަފްޞީލްތައް ހިމަނަން ވާނެއެވެ.

1.14-        ކަސްޓަމް ފޮންޓެއް ލޯގޯގެ ޑިޒައިންގައި ބޭނުންކޮށްފައިވާނަމަ، އެ ފޮންޓެއް ލޯގޯގެ ސޮފްޓްކޮޕީތަކާއެކު ހުށަހަޅަންވާނެއެވެ.

1.15-        ލޯގޯގައި  ''ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ'' ގެ  ނަން ދިވެހި ބަހުންނާއި އިނގިރޭސިބަހުން ވަކިވަކިން ލިޔެފައި (އިނގިރޭސި ބަހުން ލިޔެފައިވާ ލޯގޯއަކާއި ދިވެހި ބަހުން ލިޔެފައިވާ ލޯގޯ) އޮންނަން ވާނެއެވެ.

1.16-        ލޯގޯ ފަރުމާކުރަންވާނީ ވެބް ވަރޝަން އަށްވެސް ރަހުމަތްތެރިގޮތަކަށެވެ.

 

2.     ލޯގޯ ފަރުމާކޮށް ހުށައަޅަންޖެހޭ ފޯމެޓް:

2.1.             SVG(ލޯގޯގެ ވެބް ވަރޝަން)PNG, PDF, EPS,އަދިJPEG ފައިލް ހުށަހަޅަންވާނެއެވެ.

2.2.            ލޯގޯގެ ގްރޭސްކޭލް އަދި ކުލަކޮށް އޮންނަ ޕީ.ޑީ.އެފް ފައިލެއް ހުށަހަޅަންވާނެއެވެ.

2.3.            އަދި ލޯގޯގެ PDFފައިލް ފޯމެޓް 10MBއަށްވުރެ އިތުރުވެގެން ނުވާނެއެވެ.

 

3.     ހުށައަޅާ ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:

3.1.            ލޯގޯ ފަރުމާ ކުރެވިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރެވޭނެއެވެ.

3.2.            ހުށައަޅާ ލޯގޯ އަށް މާކްސް ދިނުމުގައި ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަންއަދި ޑިޒައިން އެލެމެންޑްސް ބޭނުންކުރެވިފައިވާ ގޮތް)، ގއ.ކަނޑުހުޅުދޫގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެއެވެ.

 

4.     ލޯގޯ ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް:

4.1.             ހާޑް އަދި ސޮފްޓްކޮޕީ ހުށަހަޅަންވާނެއެވެ.

4.2.            ލޯގޯ ހުށައަޅާ ފަރާތަކީ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިގުރާރެއް ހުށަހަޅަން ވާނެއެވެ.

4.3.            ލޯގޯ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑުގެ ސްކޭން ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ލޯގޯއާއެކު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

 

 

 

 

5.4.       ހުށަހެޅޭ ލޯގޯ ތަކުގެ ތެރެއިން ކައުންސިލުން ފާސްކުރާ ލޯގޯ ކައުންސިލްގެ ރަސްމީ ލޯގޯއާއި ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާތީ ލޯގޯއާއި ދިދައިގެ ފުރިހަމަ ކޮޕީރައިޓް ގއ. ކަނޑުހުޅުދޫ ކައުންސިލާއި ޙަވާލުކުރަން ވާނެއެވެ.

07 އޮގަސްޓް 2022
ހޯދާ